އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑު ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއްުޔެ ކުރި އިއުލާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު އެ އިއުލާން ކުއްލި ގޮތަކަށް ބާތިލުކޮށްފި އެވެ.
03 އޮކްޓޯބަރ 2024
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑު ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއްުޔެ ކުރި އިއުލާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު އެ އިއުލާން ކުއްލި ގޮތަކަށް ބާތިލުކޮށްފި އެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، އެ ތަނުގައި މަސްފެންގަނޑެއް ހަދަން ބީލަން ހުށަހެޅުމަށް ހުޅުވައިލީ އިއްޔެ އެވެ.
އެކަމަކު، ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ވާހަކަ ދައްކަމުންދާ މިދަނޑިވަޅުގައި އެފަދަ މަސައްކަތެއް ކުރަން އުޅޭތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތް ގޮތުން އިއުލާނު ބާތިލުކުރަން ނިންމާފައިވާ ކަމަށެެވެ.
"އިގްތިސާދު އޮތް ގޮތުން މިވަގުތު މި ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ މި އިއުލާން ބާތިލުކުރަން ވަނީ އަންގާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއީ އިސްލާމީ މަރުކަޒު އިމާރާތް ކުރީއްސުރެ މުންނާރުގެ ތިރީގައި ހަދާފައިވާ ފެންގަނޑެކެވެ. މިނިސްޓްރީން އިއުލާންކުރީ އެތަން މަރާމާތު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ އިއުލާން ބާތިލުކުރަން ނިންމިއިރު، މަސްފެންގަނޑު ތައްޔާރު ކުރަން ބީލަން ހުށަހެޅުމަށް ހުޅުވައިލީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށްފި
ގުރުއާން ކްލާސްރޫމު ހިމެނޭހެން ވިލިމާލޭގައި މިސްކިތެއް
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
މޯލްޑިވިއަން އެއާލައިންގައި ދިވެހިން ހައްޖަށް
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި
މައްކާ ރޫޓް އިފްތިތާހުކުރަން ސައުދީގެ ވަފުދު ރާއްޖެއަށް
ސައުދީގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް
މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި
އުމްރާއަށް ނުގެންދިޔަ މައްސަލާގަ އަސްކޮއި ޖޫރިމަނާކޮށްފި