ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނިންމައިފި އެވެ.
26 ޖޫން 2025
ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ގޮތުގައި އިންޝުއަރެންސް ތައާރަފްކުރަން ނިންމާފައި ވަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާ އަށެވެ. އަދި ބޭރުން ގެންނަން ޖެހޭ ބޭސް ގެނައުން ވެސް އޭގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ފަގީރުން އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރަން ނިންމާފައި ވަނީ އެލައިޑާ ގުޅިގެން ކަމަށެވެ.
"މާތްﷲގެ ހެޔޮ ރަހުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމްކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހޭދައެއް ކުރާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭގެތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުން ބޭސް ފަރުވާއަށް ހޭދަކުރުމާއި އެ ނޫން ވެސް ގިނަ އެހީތަކެއް ވެދެމުން އަންނަ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުދަލަތު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 2،852 މީހުން ހިމެނެ އެވެ.
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
ސައުދީން ރާއްޖެއަށް 64,000 ފޮތް ހަދިޔާކޮށްފި
ހުޅުމާލެ2 ގައި ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި
މުނީޒާގެ ޖަވާބު: ޒަކާތް ފުޅާކުރަން ހޭލުންތެރިކަން ނެތީ
ޒަކާތު ފަންޑުން އެހީވުން ފުޅާކުރާނެ ގޮތް ކެބިނެޓަށް
ހައްޖު ކުންފުނިން ޓޫރިޒަމް ވިޔަފާރިކުރުމާ ޝަހީމް ދެކޮޅު
އަސްކޮއިއިން ފައިސާ ނަގައި އުމްރާއަކަށް ނުގެންދިޔަ
ހައްޖާއި އުމްރާގެ މައުލޫމާތު ފަސޭހައިން ލިބޭ އެޕެއް
ގުރުއާން ކްލާސްރޫމު ހިމެނޭހެން ވިލިމާލޭގައި މިސްކިތެއް