Roadha Mihaaru
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

14 ސެޕްޓެމްބަރ 2024

ހުޅުމާލޭގައި އިމާރާތްކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި އިމާރާތްކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ އިމާރާތް އަޅަނީ އަމިން އެވެނިއު ކުރިމަތީގައި އޮންނަ ހުސްބިމުގަ އެވެ. އެއީ 5،000 އަކަފޫޓުގެ ބިމެކެވެ.

އެތަނުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

އެ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާއަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

އެ އިމާރާތުގައި ނުވަ ފްލޯ ހުންނާނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަނީ މާލެއިން އަމިއްލަ މީހެއްގެ އިމާރާތެއް ކުއްޔަށް ހިފައިގެންނެވެ.