ރާއްޖޭގައި ލޯކަލް ޓޫރިޒަމް ހިންގާ އެންމެ ބޮޑު ރަށް ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް، "ހަލާލް ޓޫރިޒަމް" އަށް އިންވެސްޓު ކުރަން ނިންމާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު ވިދާޅުވެެއްޖެ އެވެ.
06 ނޮވެމްބަރ 2024
ރާއްޖޭގައި ލޯކަލް ޓޫރިޒަމް ހިންގާ އެންމެ ބޮޑު ރަށް ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް، "ހަލާލް ޓޫރިޒަމް" އަށް އިންވެސްޓު ކުރަން ނިންމާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު ވިދާޅުވެެއްޖެ އެވެ.
ހެޔޮ އަގުގައި ހައްޖާއި އުމްރާގެ ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ފުވައްމުލަކު މެދުދާއިރާގެ ޕީއެންސީގެ މެންބަރު އަލީ ފަޒާދު ސުވާލު ކުރެއްވުމަށް ޝަކީލް ވިދާޅުވީ، ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށާއި ހުރިހާ ކަމަކަށް އިތުރަށް 30 މިލިއަން ރުފިޔާ ކޯޕަރޭޝަނުން ހަރަދުކުރާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް، އެ ކުންފުނިން އިންވެސްޓު ކުރެވިދާނެ ރިސްކު ކުޑަ ވިޔަފާރިތައް ބެލުމުން ފާހަގަވީ ރިއަލް އެސްޓޭޓް ދާއިރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމެންޓް އަޅައިގެން ވިއްކުމަށް ނިންމާފައިވާ ކަން ޝަކީލް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ބަޔަކާ ހަވާލުކޮށް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހައްޖަށް މީހުން ފޮނުވުމާއި ކުރަން ޖެހޭ ހޭދައަކީ ބޭރު ފައިސާއިން ކުރާ މުއާމަލާތްތަކަށް ވާއިރު، އެންމެ ބޮޑު ދައްޗަކީ ބޭރު ފައިސާ ލިބުމުގެ ދަތިކަން ކަމަށް ޝަކީލް ވިދާޅުވި އެވެ.
އެކަން ހައްލުކުރުމުގެ ގޮތުން މާފުށި ކައުންސިލްގެ ކުންފުންޏާ ގުޅިގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުން އެ ރަށުގައި ސިޓީ ހޮޓަލެއް އަޅަން ނިންމައި "ހަލާލް ޓޫރިޒަމް" ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ޝަކީލް ވިދާޅުވި އެވެ. އެކަމަށް ބޭނުންވާ ބިން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.
"މާފުށިން ވަނީ އެކަށީގެންވާ ބޮޑު ބިމެއް ވެސް ހަމަޖެހިފައި، އިންވެސްޓުކުރާ ފަރާތްތަކެއް އަޅުގަނޑުމެންނާ އެޕްރޯޗް ކޮށްފައި ވަނީ. މާފުއްޓަކީ އޯލްރެޑީ ޓޫރިޒަމަށް އެސްޓެބްލިޝްޑް ތަނެއް ވީމާ ވަރަށް ރިސްކު ކުޑަ، މިއާ އެއްވަރަށް ރަނގަޅު އާމްދަނީއެއް ބޭރު ފައިސާއިން ލިބޭނެ ކަމެއް ވާތީ އިންވެސްޓު ކުރަން ނިންމީ،" ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ފައިސާ ލިބޭ ތަނަކަށް ހެދިގެން ނޫނީ ބަޖެޓަށް ބަރޯސާ ނުވެ ހައްޖުގެ އަގު ކުޑަ ނުކުރެވޭނެ ކަމަށެވެ.
ހައްޖަށް ސައުދީގައި ތިބޭ މުއްދަތު މިފަހަރު ކުރުވެއްޖެ
ހައްޖު ކޯޕަރޭޝަން ހިންގީ 40 މިލިއަންގެ ގެއްލުމުގައި
ހައްޖުގެ އަގު 50،000ރ. އަށް ކުޑަކުރަން އަމާޒެއް
ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި
ހައްޖުވެރިން 15 ދުވަހަށްވުރެ އިތުރަށް މައްކާގައިތިބޭނެ
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް
މޯލްޑިވިއަން އެއާލައިންގައި ދިވެހިން ހައްޖަށް
އެއާޕޯޓަށް ބާރުބޮޑުވާނެތީ އަވަހަށް ޗެކިން ވާން އެދެފި
ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ 26 ގައި
މިއަހަރު ހައްޖުކިއުގައި ތިބި އެންމެންނަށް ފުރުސަތު ދެނީ