Roadha Mihaaru
މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.

މުދަލު ޒަކާތް ބަހަން ފަށައިފި، މީހަކަށް 4،000ރ.

13 ސެޕްޓެމްބަރ 2024

މުދަލު ޒަކާތުގެ ފައިސާ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށައިފި އެވެ.

މުދަލު ޒަކާތުގެ ފައިސާ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށެވެ.

މިގޮތުން މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3،183 މީހަކަށް، ބޮލަކަށް 4،000ރ. ޒަކާތުގެ ގޮތުގައި ބަހާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފާއިތުވި ތިން އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބެހި އަދަދު

2023 - 3،500ރ.

2022 - 3،000ރ.

2021 - 2،700ރ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ ޒަކާތުގެ ފައިސާ ޖަމާކުރަމުންދަނީ 2021 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އޮތް ފަގީރުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށެވެ.

މުދަލު ޒަކާތުގެ ގޮތުގައި ބަހާ ފައިސާގެ އިތުރުން، މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16.78 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.