ހުޅުމާލޭގައި ހުންނަ ރިވެލި ބީޗް ކްލަބް ރެސްޓޯރަންޓުގެ "ފޮރެވާ އެންޑް އޯލްވޭޒް" ޕްރޮމޯޝަންގައި ބައިވެރިވެގެން ކައިވެނި ޕާޓީ ހިލޭ ބޭއްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
14 އޯގަސްޓް 2024
ހުޅުމާލޭގައި ހުންނަ ރިވެލި ބީޗް ކްލަބް ރެސްޓޯރަންޓުގެ "ފޮރެވާ އެންޑް އޯލްވޭޒް" ޕްރޮމޯޝަންގައި ބައިވެރިވެގެން ކައިވެނި ޕާޓީ ހިލޭ ބޭއްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ރިވެލި ބީޗް ކްލަބުގައި ކައިވެނި ޕާޓީ ބާއްވަން ބުކިން ހައްދައި، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފުލް ޕޭމަންޓު ދައްކާ ކަސްޓަމަރުންނަށެވެ. އެކަމަކު މި ފުރުސަތު ލިބޭނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ފަހުން ކައިވެނި ޕާޓީ ބާއްވަން ބުކް ކުރާ ކަސްޓަމަރުންގެ ތެރެއިންނެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ކަޕްލްއަކަށް ރިވެލި ބީޗް ކްލަބުން ތަނާއި ކޭޓަރިން ހިލޭ ދޭނެ އެވެ.
ރިވެލި ބީޗު ކްލަބުގެ ބީޗު ސަރަހައްދުގައި ހަދާފައިވާ ވެޑިން ސެޓަޕެއް.
ޕްރޮމޯޝަނުގައި ބައިވެރިވާން ފުރިހަމަކުރަން ޖެހޭ ކަންތައްތަކަކީ:
- ވެނިއުއަކަށް ރިވެލި ބީޗް ކްލަބް ހިޔާރުކޮށް ބުކިން ހައްދައި ފުލް ޕޭމަންޓު ދެއްކުން. (ޕޭމަންޓު ދައްކަން ޖެހޭނީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އަދި ކައިވެނި ޕާޓީ ބާއްވާ ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ފަހުގެ ތާރީހަކަށް ވާން ވާނެ)
- ފޭސްބުކް އާއި އިންސްޓަގްރާމުން ރިވެލި ބީޗް ކްލަބް ފޮލޯކުރުން
- ޕްރޮމޯޝަނާ ގުޅޭ ޕޯސްޓުގައި 3 މީހަކު ޓެގުކޮށް ޕޯސްޓު ލައިކްކޮށް ޝެއާކުރުން
ރިވެލި ބީޗު ކްލަބުގެ ޕްރޮމޯޝަން ޕޯސްޓު
މި ޕްރޮމޯޝަނުން ހޮވޭ ކަޕްލްއަކަށް ހިލޭ ލިބޭނީ ޕޭމަންޓު ދެއްކި އިރު ބުކްކޮށްފައިވާ މެނޫ އާއި ރިވެލި ބީޗު ކްލަބުން ކަނޑައަޅާ ތަނެވެ.
ރިވެލި ބީޗު ކްލަބް ރެސްޓޯރަންޓުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ނާއިފާ އިބްރާހިމް ވިދާޅުވީ މި ޕްރޮމޯޝަނަކީ އަލަށް ކައިވެނިކުރާ މީހުންގެ ވެޑިން ޑްރީމް ފުރިހަމަކޮށް ދިނުމުގައި ބައިވެރިވުން ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއެއް ހޯދައި ދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް. މި ޕްރޮމޯޝަނުން މި އޮފާކުރަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ހުންނަ އަޅުގަނޑުމެންގެ ރެސްޓޯރަންޓުގައި ހިލޭ ޕާޓީ ބޭއްވުން. މިއީ ހުޅުމާލޭގައި ވެޑިންއެއް ބޭއްވުމަށް ލިބޭނެ އެންމެ ހިތްގައިމު، ރީތި އެއް ލޮކޭޝަން،" ނާއިފާ ވިދާޅުވި އެވެ.
ރިވެލި ބީޗް ކްލަބުގެ "ފޮރެވާ އެންޑް އޯލްވޭޒް" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. ގުރުއަތުން ހޮވޭ ކަޕްލް އިއުލާންކުރަން ހަމަޖައްސާފައި ވަނީ ސެޕްޓަމްބަރު 10ގަ އެވެ.
ރިވެލި ބީޗް ކްލަބް ރެސްޓޯރަންޓަކީ ކައިވެނި ޕާޓީތަކާއި ތަފާތު ހަފްލާތައް ބާއްވާ ތަނެކެވެ. މި ތަނުގައި ބާއްވާ ޕާޓީ އާއި ހަފްލާތަކަށް ކޭޓަރިންގެ ހިދުމަތް ވެސް ދެ އެވެ. އަދި ބީޗް ސަރަހައްދެއް ހިމެނޭ ތަނަކަށް ވާތީ ކައިވެނި ޕާޓީތަކަށް ބޮޑު ޑިމާންޑެއް އޮވެ އެވެ.
އުސޫލާ ހިލާފަށް ޕާޓީ ބޭއްވުމުން ސޯލްޓު ކެފޭ ޖޫރިމަނާ
ގޯރީގެ ރެސްޓޯރެންޓުގައި ދަރިންނަށް "ސިއްރު ދޮރެއް"
ހީނާ އާއި ރޮކީ ކައިވެނިކޮށްފި
ސްކޭމްގެ ތުހުމަތުތަކާ އެކު "ޖަސްޓް މެރިޑް" ގެއްލިއްޖެ
"ޖަސްޓް މެރިޑް" ސްކޭމުން ކައިވެނި ހަފުލާ ކަރުނައަށް
އިންޓަނެޓުގެ ހިދުމަތް ދޭ ސެޓްލިންކުގެ އެޕެއް
ބިލްޑްއަޕްގެ "ވާޓިކަލް ފޮރެސްޓެއް" ސޯސަން މަގުގައި!
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
"ގޯ ވައިލްޑް"ގެ ޕިޔޯ އޯގެނިކް މާމުއިި ރާއްޖެއަށް
ބައެއް ކެފޭތަކުގައި ޑްރަގް ވިޔަފާރިކޮށް ފޮރުވާ