މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ވިޔަފާރިކުރަން ބައެއް ކެފޭތައް ބޭނުންކުރާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.
25 މާޗް 2025
މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ވިޔަފާރިކުރަން ބައެއް ކެފޭތައް ބޭނުންކުރާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.
ގޭންގު ކުށްތައް ހުއްޓުވަން މިދިޔަ ޖުލައި 1 ގައި އުފެއްދި ވިންގުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އާރިފް "މިހާރު"އަށް ވިދާޅުވީ ބައެއް ގްރޫޕުތަކުން ކުށްކުރަން ބައެއް ކެފޭތައް ބޭނުންކުރާ ކަމަށެވެ.
މަސްތުވާތަކެތި ވިޔަފާރީގެ އިތުރުން ތޫނު ހަތިޔާރު ފޮރުވަން މީގެ ކުރިން ކެފޭތައް ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކުށްކުރުމަށް މަގުފަހިވާ ގޮތަށް ހުންނަ އެފަދަ ކެފޭތައް ފުލުހުން މީގެ ކުރިން ވެސް ފާސްކޮށްފައި އެވެ. އެއާއެކު، ކެފޭތަކުގައި ހަތިޔާރު ފޮނުވުން އެއްކޮށްހެން ހުއްޓުނެވެ.
ނަމަވެސް، އަދި ވެސް މަސްތުވާތަކެތި ފޮރުވައި އޭގެ ވިޔަފާރިކުރަން އަދި ވެސް އެތަންތަން ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާ ފާސްކުރާއިރު އެ މީހުންގެ އަތުން ބަނގުރާ، މަސްތުވާތަކެތި އަދި ތޫނު ހަތިޔާރު ވެސް ފެނިފައި ވަނީ ކެފޭގެ ތެރެއިން. އެ މީހުންގެ ހަށިގަނޑުން، އެ މީހުން ތިބޭ މޭޒު ދަށުން. ބައެއް ފަހަރަށް ކެފޭގެ ތަންކޮޅެއް ކުރިއަށް ބަލަންޏާ ބަދިގެ ކަހަލަ ތަންތަނުގައި ވެސް ފޮރުވާފައި." އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްކުރާ ގްރޫޕުތަކުގައި އުޅޭ މީހުން ވަކި ކެފޭތަކެއްގައި ވަކި ގަޑިތަކެއްގައި ގިނަ އިރުވަންދެން ތިބޭނަމަ ފުލުހުން ގޮސް ޖިނާއީ ކުށެއް ކުރޭތޯ ބަލާ ކަމަށެވެ. ބަލާއިރު ފެނިއްޖެއްޔާ ހައްޔަރުކޮށްފައި އަދި ވެރިމީހާގެ ހުއްދައާ އެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން އެ ފަދަ ކެފޭއެއްގައި ބަލާ ފާސްކުރާ ކަމަށް ވިދާޅުވި އެވެ.
ބައެއް ކެފޭތައް ހާއްސަކޮށް ޝީޝާ ލައިންޖުތައް ހަދާފައި ހުންނަނީ ކުށުގެ ވެށީގައި އުޅޭ މީހުން ޝައުގުވެރިވާ ގޮތަށް ކަމަށް ފުލުހުން ބުންޏެވެ. އެއީ، އަނދިރިކޮށް، ވަކިވަކި ގޮޅިތަކެއް ގޮތަށް އަދި ޕްރައިވެސީ ލިބޭ ގޮތަށް ހުންނަ ތަންތަނެވެ.
އެގޮތަށް ހުންނަ ނަމަ ކުށްތަކަށް އަރައިގަތުމަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ ގޮތްގޮތަށް ވިސްނުމަށްފަހު، ބައެއް ގައުމުތަކުގައި ކެފޭތައް ހިންގަން ހުއްދަ ދެނީ ކުށްތަކަށް އަރައި ގަންނަން މަގުފަހިނުވާ ގޮތަށް އެ ތަނެއްގެ ޑިޒައިންތައް ހުންނަ ނަމަ އެވެ.
ކުޅުދުއްފުއްޓަށް ޑްރަގު ގެންދިޔަ މީހަކު އުމުރަށް ޖަލަށް
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
14 ތަނެއް ބަންދުކުރިޔަސް އިތުރު ހަ "ޑްރަގް ކެފޭ"!
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ޑްރަގާ އެކު ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި
ހުޅުމާލޭން 14 ކިލޯގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި
ޑްރަގް އެތެރެކުރަން އުޅުނު 4 މީހުން ހައްޔަރު ކޮށްފި