22 ފެބުރުއަރީ 2021
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗުޕީއޭ އިން އެކުލަވައިލާފައިވާ އުސޫލުތަކާ ޚިލާފަށް ސޯޓު ކެފޭގައި މިއަދު ހަވީރު ބޭއްވި ކައިވެނި ޕާޓީއެއް ހުއްޓުވައި، އެ ތަން 5،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މިއީ އެޗުޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވުމުން ސޯލްޓު ކެފޭ ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ، މާލޭގައި އާންމުކޮށް ޕާޓީތައް ބާއްވާ ސޯލްޓު ކެފޭގައި އެޗުޕީއޭގެ އުސޫލާ ޚިލާފަށް ބާއްވަމުން ދިޔަ ކައިވެނި ޕާޓީއެއް ހަވީރު 5:30 ހާއިރު ހުއްޓުވާފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، އެ ޕާޓީ ހުއްޓާލަން ފުރަތަމަ ފަހަރަށް މިއަދު އެންގުމުން އެ އަށް ތަބައެއް ނުވި އެވެ. އެހެންވެ، ދެވަނަ ފަހަަރަށް ސޯލްޓު ކެފޭ އަށް ފުލުހުން ގޮސް ކައިވެނި ޕާޓީ ހުއްޓުވަން ޖެހުނު ކަމަށް ފުލުހުން ބުނެ އެވެ.
މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ކޮވިޑު ފެތުރޭތީ، ކައިވެނި ޕާޓީތަކާއި ހަފުލާތައް ބޭއްވުން އެޗުޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އަދި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުން ވެސް އެ އިދާރާ އިން އޮތީ މަނާކޮށްފަ އެވެ.
އުސޫލުންބޭރުން ބޭއްވި އެހެން ޕާޓީއެއް ވެސް ހުއްޓުވައިފި
ކޮވިޑް ކޭސްތައްް އިތުރުވާތީ އިންސްޕެކްޝަނެއް ފަށަނީ
އުސޫލާ ހިލާފުވާ ހުރިހާތަނެއް ވަގުތުން ބަންދުކުރަނީ
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ
މާސްކް އަޅާތޯ ބަލާނެ ކަމަށް ފުލުހުން ބުނެފި
ހަފުލާތަކަށް ކަނޑައެޅި 30 މީހުންގެ އަދަދު އުވާލައިފި
ރެސްޓޯރެންޓް ވެރިންގެ ކަންބޮޑުވުންތައް އޮއްސާލައިފި
ރެސްޓޯރަންޓުތަކުގެ ވެރިން އަނެއްކާވެސް މުޒާހަރާ އަށް
ފިހާރަތަކާއި ކެފޭތައް ހުޅުވޭނީ 6 ޖަހަންދެން
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި