28 ޖޫން 2021
"ކޮބައިތޯ ދިވެހި މުވައްޒަފުން. ހުސްވެއްޖެ. ގައުމު ބިކަވެއްޖެ. ވިޔަފާރިތައް އިނދަ ޖެހިއްޖެ. އިގްތިސާދު ނެތި ހަލާކު ވެއްޖެ. އަޑެއް ނާހާ.. އަޑެއް ނާހާ،" ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް)ގެ ރައީސް ހާމިދު އަފީފަށް ވާހަކަ ކުރިއަށް ގެންދެވުނީ މިހާ ހިސާބަށެވެ.
"ކޮބައިތޯ ދިވެހި މުވައްޒަފުން. ހުސްވެއްޖެ. ގައުމު ބިކަވެއްޖެ. ވިޔަފާރިތައް އިނދަ ޖެހިއްޖެ. އިގްތިސާދު ނެތި ހަލާކު ވެއްޖެ. އަޑެއް ނާހާ.. އަޑެއް ނާހާ،" ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް)ގެ ރައީސް ހާމިދު އަފީފަށް ވާހަކަ ކުރިއަށް ގެންދެވުނީ މިހާ ހިސާބަށެވެ.
އޭނާ އަކީ ކޮވިޑުގެ މި އުނދަގޫ ހާލަތުގައި ވިޔަފާރި ހަލާކުވުމުގެ ސަބަބުން ކުލި ދަައްކާނެ ގޮތެއް ނެތިގެން ގެއިން ނުކުންނަ ޖެހުނު މީހެކެވެ.
"ކާންދޭ އަތުގައި ދަތް ނާޅާ" ގެ ނަމުގައި މިއަދު ހަވީރު މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ގިނަ އަދަދެއްގެ ރެސްޓޯރެންޓާއި ކެފޭތަކުގެ ވެރިން ބައިވެރިވެ، އެ ފަރާތްތަކުގެ ކަންބޮޑުުވުންތައް ސަރުކާރަށް އިއްވި އެވެ. މި އެއްވުމުގައި ރޭމްގެ މެންބަރުންނާއި ރާއްޖޭގައި ރެސްޓޯރެންޓް ވިޔަފާރިކުރުމުގައި ގިނަ ދުވަސްވީ ވިޔަފާރިތަކުގެ ވެރިން ބައިވެރިވި އެވެ.
ރޭމްގެ ރައީސް ހާމިދު ވިދާޅުވީ، ރެސްޓޯރެންޓް ވިޔަފާރިތަކުން އާމްދަނީ ހޯދައިގެން އުޅުނު އެތައް އާއިލާތަކެއް މި ވަގުތު މަގުމަތިވެ، ހަދާނެ ގޮތް ހުސްވެފައި ތިބި ކަމަށެވެ. ބައެއް ފަރާތްތަކުން ތަންތަނުގެ ކުލި ނުދެއްކި ހަރަދުތައް މެނޭޖު ނުކުރެވޭ ހާލަތުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްވުމުގައި ވާހަކަ ދެއްކެވި ސައުތު ކޭޓަރިންގެ ވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު) ވިދާޅުވީ، ކޮވިޑުގެ މި ހާލަތުގައި ރެސްޓޯރެންޓްތަކާ ގުޅިގެން ކުއްލި ކުއްލިއަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ރެސްޓޯރެންޓްތަކުން މިއަދު ބޭއްވި އެއްވުމުގައި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހާމަކުރަނީ. --ފޮޓޯ: މުހައްމަދު އަވްޝަން އިލިޔާސް/މިހާރު
"ބަންދުވާ ގަޑިއެއް ހުޅުވޭނެ ގަޑިއެއް އަޅުގަނޑުމެންނަށް އެނގެނީއެއް ނޫން. މިހާރު އަޑު އަހަން މާދަން ނޫން އަނެއް ދުވަހު އަނެއްކާ ހުއްދަ ދެއޭ. ސަރުކާރުން ޕްލޭން ކުރަމުން އަންނަ އިރު ވިދާޅުވާން ޖެހޭނެ އަންނަ ހަފުތާގައި ލަފާކުރެވެއޭ ހުޅުވާލެވޭނެ ކަމަށް. އޭރުންތާ ހޮޓާ ހިންގާ މީހުންނަށް ތައްޔާރުވާން އެނގޭނީ،" މާލޭގައި ކެފޭ/ރެސްޓޯރަންޓު ހިންގުމާއި ކޭޓަރިންގެ ހިދުމަތް ދިނުމުގައި އެންމެ ތަޖުރިބާކާރު މީހުންގެ ތެރޭގައި ހިމެނޭ ސައުތު ތައުފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހޮޓާތަކުގައި މަސައްކަތް ކުރަން ޖެހޭ މުވައްޒަފުން ހޯދާއި އެކަމަށް ތައްޔާރުވުމަށް ވަގުތު ބޭނުންވާ ކަމަށެވެ. ކުއްލިއަކަށް ހުޅުވައިލުމުން ރެސްޓޯރެންޓްތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ނުލިބޭ ކަމަށާއި މި ކަންކަން ހައްލުކުރަން ސަރުކާރުން ރެސްޓޯރެންޓްތަކުގެ ވެރިންނާ ބައްދަލު ކުރުން ވަރަށް މުހިއްމު ކަމަށް ސައުތު ތައުފީގު ވިދާޅުވި އެވެ.
އޭނާ ވަނީ ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވެސް މިއަދުގެ އެއްވުމުގައި ފާޑުވިދާޅުވެފަ އެވެ.
ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ތިއްބެވީ ހެޔޮ އެދިގެން ތިބި ބައެއް ނޫން ކަމަށެވެ. ނަމަވެސް ރެސްޓޯރެންޓްތަކުގެ ވެރިންނާ ސަރުކާރާ ދެމެދު ހިތްހަމަނުޖެހި ތަޅައިފޮމަކީ ބޭނުންވާ ކަމެއް ނޫން ކަމަށް ސައުތު ތައުފީގު ވިދާޅުވި އެވެ.
ސައުތު ކޭޓަރިންގެ ވެރިޔާ ތައުފީގު ވާހަކަދައްކަވަނީ: އޭނާއަކީ ރާއްޖޭގައި ރެސްޓޯރެންޓް ވިޔަފާރި ކުރުމުގައި އެންމެ ދުވަސްވީ އެއް ފަރާތް. --ފޮޓޯ: މުހައްމަދު އަވްޝަން އިލިޔާސް/މިހާރު
ރޭމްގެ ރައީސް ހާމިދު ވިދާޅުވިގޮތުގައި، ރެސްޓޯރެންޓްތައް މިއަދު ވަނީ ބިކަވެ، ދާނެ މަގެއް ނޭނގި ގޮތް ހުސްވެފަ އެވެ.
"ވިޔަފާރިތައް ހުއްޓާލަންވީ ކަމެއް. ކުރިއަށް ދާންވީ ކަމެއް ނޭނގޭ. ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ އިރު އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ބަހެއް ހޯދުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ހާމިދު ވިދާޅުވީ ރެސްޓޯރެންޓްތަކުގެ ވިޔަފާރި ހަލާކުވެފައިވާ ކަމަށެވެ. މުވައްޒަފުންނާއި ވިޔަފާރިތައް މަގުމަތިވެފައިވާ އިރު މިކަންކަމަށް ހައްލެއް ހޯދައިދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުވައްޒަފުންނަށް މުސާރަ ނުދެވޭ އިރު އިތުރު ލޯނުތަކެއް ނަގައިގެން ވިޔަފާރި ހިންގާނެ ގޮތެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރެސްޓޯރެންޓްތައް މިހާރު އޮތް ހާލަތުން ހަ ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި ލޯނު ނެގުމުގެ ގާބިލުކަމެއް ނެތް ކަމަށާއި މި ވަގުތު ރެސްޓޯރެންޓްތަކަށް ބޭނުންވަނީ ރިކަވަރީ އަށް މާލީ އެހީތެރިކަމެއް ކަމަށް ހާމިދު ވިދާޅުވި އެވެ.
ރެސްޓޯރެންޓްތަކުގެ ވެރިން ބޭއްވި އެއްވުމުގައި މީހަކު ޕޯސްޓަރެއް ހިފަައްޓައިގެން--ފޮޓޯ: މުހައްމަދު އަވްޝަން އިލިޔާސް/މިހާރު
ސަރުކާރުން ހިންގާ ސްޓިމިއުލަސް ޕްރޮގްރާމުތަކުން ވެސް ކެފޭ/ރެސްޓޯރެންޓް ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށް ރެމް އިން ބުންޏެވެ. މިިދިޔަ އަހަރު ހިންގި ޕްރޮގްރާމުން ލޯނު އެހީ ލިބުނީ އެންމެ ހަތަރު ރެސްޓޯރެންޓަށް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ. ކޮވިޑާއެކު، މާލީ ހާލަތު ގޯސްވުމުގެ ސަބަަބުން ފާއިތުވެދިޔަ 18 މަސް ދުވަހު ގިނަ ރެސްޓޯރެންޓްތަކުން ކުއްޔާއި ކަރަންޓް ބިލު ނުދެއްކި ވަނީ ދަރަނިވެރިވެފަ އެވެ.
ހާމިދު ވިދާޅުވީ، ކޮވިޑް ހާލަތުގައި އެންމެ ފުރަތަމަ ފިޔަވަޅު އަޅަނީ ރެސްޓޯރެންޓް ވިޔަފާރިތަކަށް ކަމަށެވެ. އަދި ލުއި ދޭ އިރު އެންމެ ލަހުން ލުއިދެނީ ވެސް އެ ފަރާތްތަކަށް ކަމަށެވެ. އެހެން ކަމުން މިއީ އިންސާފުވެރިގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަމެއް ވެގެންދާ އިރު ކޮންމެ ކަމެއްގައި ކިރުފެލައި ކަންބަޅިއަކަށް އަޅުގަނޑުމެން ހަދަނީ ކީއްވެގެންތޯ؟ ހާމިދު ސަރުކާރާ ސުވާލުކުރި އެވެ.
މިއަދުގެ އިހްތިޖާޖުގައި ރެސްޓޯރެންޓްތަކުގެ ވެރިން ވަނީ އެ މީހުންނަށް މާލީ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް އެކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ
ހަފުލާތަކަށް ކަނޑައެޅި 30 މީހުންގެ އަދަދު އުވާލައިފި
ރެސްޓޯރަންޓުތަކުގެ ވެރިން އަނެއްކާވެސް މުޒާހަރާ އަށް
ފިހާރަތަކާއި ކެފޭތައް ހުޅުވޭނީ 6 ޖަހަންދެން
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 9 އާ ހަަމައަށް
40 ޕަސެންޓު ކެފޭ/ރެސްޓޯރަންޓު ދަނީ ބަނގުރޫޓުވަމުން
ރޯދަމަހަށް ލުއިތައް ދޭން ވިސްނަން: މައިމޫނާ
ރޭގަނޑު10:30 ވެސް ވިޔަފާރިވެރިންނަށް ކަމަކު ނުދިޔަ
ރޭގަނޑު 10:30 އާ ހަމައަށް ކެފޭތަކަށް ހުއްދަ ދީފި