21 މާޗް 2021
މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޑައިން-އިން ގެ ހިދުމަތް ދިނުން މަނާކުރުމުން ވިޔަފާރިއަށް ގެއްލުންވާ ކަމަށް ބުނެ އެ ވިޔަފާރީގައި އުޅޭ މީހުން ހަޅުތާލުކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް މިއަދުން ފެށިގެން ކެފޭ/ރެސްޓޯރަންޓުތަކުން ރޭގަނޑު 10:30 އާ ހަމައަށް ހިދުމަތް ދެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އެޅި ފިވަޅުތަކުގެ ތެރޭގައި މި ސަރަހައްދުގައި ހިންގާ ކެފޭ/ރެސްޓޯރެންޓުފަދަ ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ރޭގަނޑު 8:00ގެ ފަހުން ޑެލިވަރީ އާއި ޓެކްއަވޭގެ ހިދުމަތް ނޫން ހިދުމަތްތައް ދިނުން ވަނީ މަނާ ކޮށްފަ އެވެ. މި ނިންމުމާ ގުޅިގެން މިފަދަ ތަންތަން ހިންގާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެޗްޕީއޭ އިން ރޭ ނެރުނު އިއުލާނެއްގައި ބުނީ ކުރިން އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފުތާއަށް އިތުރުކުރާ ކަމަށް އަންގައިފަ އެވެ. ނަމަވެސް މިއަދު އެ ނިންމުން ބަދަލުކޮށް ރޭގަނޑު 10:30 ވަންދެން، ރެސްޓޯރެންޓުތަކުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ހޯދޭ ގޮތަށް އާ އިއުލާނެއް ވަނީ ނެރެފަ އެވެ.
ރެސްޓޯރެންޓު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން ބުނެފައިވާގޮތުގައި ރޭގަނޑުގެ ވަގުތަކީ ރެސްޓޯރެންޓުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ވަގުތަށް ވާއިރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ތަންތަނަށް ވަނީ ގެއްލުމެވެ. އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިންތައް ބަދަލުކޮށް ރެސްޓޯރެންޓުތަކަށް ރޭގަނޑު ހިދުމަތް ދެވޭ ފުރުސަތު ދިނުމަށް މިދިޔަ ހަފުތާގައި އެ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.
ރެސްޓޯރެންޓްތައް ބަނގުރޫޓު ވަނީ، އެދެނީ ލުއިތަކެއް
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ
ހަފުލާތަކަށް ކަނޑައެޅި 30 މީހުންގެ އަދަދު އުވާލައިފި
ރެސްޓޯރެންޓް ވެރިންގެ ކަންބޮޑުވުންތައް އޮއްސާލައިފި
ރެސްޓޯރަންޓުތަކުގެ ވެރިން އަނެއްކާވެސް މުޒާހަރާ އަށް
ފިހާރަތަކާއި ކެފޭތައް ހުޅުވޭނީ 6 ޖަހަންދެން
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 9 އާ ހަަމައަށް
40 ޕަސެންޓު ކެފޭ/ރެސްޓޯރަންޓު ދަނީ ބަނގުރޫޓުވަމުން
ރޯދަމަހަށް ލުއިތައް ދޭން ވިސްނަން: މައިމޫނާ