10 އޯގަސްޓް 2024
މިދިޔަ މަހު މެލޭޝިއާގައި ބޭއްވި ސްޕެއިންގެ ލަލީގާ ޔޫތު މުބާރާތުގައި އުމުރުން 16 އަހަރުން ދަށުގެ ބައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މިއީ އެވެ. ރާއްޖޭގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އެކަޑަމީގެ ޓީމުގައި ހިމެނިގެން އެ މުބާރާތަށް ކުރި ދަތުރުގައި އެންމެ ބޮޑަށް ވިދާލި ކުޅުންތެރިޔަކީ ވެސް މިއީ އެވެ. އެ އުމުރުފުރައިގެ މުބާރާތުން ސަސް އަށް ތިން ވަނަ ހޯދައި ދިނުމުގައި ވެސް އޭނާގެ ހިއްސާ އެހާމެ ބޮޑެވެ. އެއީ އުމުރުން 16 އަހަރުގެ ސާއިން އަލީ އެވެ.
މިދިޔަ މަހު މެލޭޝިއާގައި ބޭއްވި ސްޕެއިންގެ ލަލީގާ ޔޫތު މުބާރާތުގައި އުމުރުން 16 އަހަރުން ދަށުގެ ބައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މިއީ އެވެ. ރާއްޖޭގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އެކަޑަމީގެ ޓީމުގައި ހިމެނިގެން އެ މުބާރާތަށް ކުރި ދަތުރުގައި އެންމެ ބޮޑަށް ވިދާލި ކުޅުންތެރިޔަކީ ވެސް މިއީ އެވެ. އެ އުމުރުފުރައިގެ މުބާރާތުން ސަސް އަށް ތިން ވަނަ ހޯދައި ދިނުމުގައި ވެސް އޭނާގެ ހިއްސާ އެހާމެ ބޮޑެވެ. އެއީ އުމުރުން 16 އަހަރުގެ ސާއިން އަލީ އެވެ.
އާބާދީގައި 500 މީހުން ވެސް ހަމަނުވާ ކުޑަކުޑަ ފ. ދަރަނބޫދޫގެ އެންމެންގެ ދުލުކުރީގައި މި ވަގުތު އޮތް ނަމަކީ ވެސް ސާއިން އެވެ.
ފުޓްބޯޅައިގެ ފެންވަރާއި ފަންވަރަށް ބަލާއިރު، އެ އުމުރުފުރައިގައި މި ވަގުތު މުޅި ރާއްޖޭން ނެގޭނެ އެންމެ ބޮޑު ޓެލެންޓަކީ ސާއިން އެވެ. މާލޭގައި ދިރި ނޫޅޭތީ އަދި ސޯޝަލް މީޑިއާއިން ނުފެންނާތީ، ފުޓްބޯޅައިގައި އަމަލީގޮތުން ބައިވެރި ނުވާ މީހަކަށް ސާއިން ނޭނގިދާނެ އެވެ.
އެކަމަކު މާލޭގައި ވެސް އެކަޑަމީތަކުގައި މަސައްކަތް ކުރާ ކޯޗުންނަށް ސާއިންގެ ނަން ފަރިތައެވެ. އޭނާ އަށް ލިބފައި ވަނީ އެކަޑަމީތަކުން އަމިއްލަ އަށް އިސްވެ ގެންދަން "ރިކުއެސްޓް" ކުރާ ވަރުގެ ހުނަރެކެވެ.
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް (ވ) އާ އެކު ސާއިން
ގްރޭޑް 10 ގައި ކިވަމުން އަންނަ ސާއިން ހުރިހާ ސަމާލުކަމެއް މި ވަގުތު ހުރީ ކިޔެވުމަށެވެ. ފުޓްބޯޅައިގައި ކުރިއަށް ދިއުމުގެ އުއްމީދާ އެކު، އޯ ލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދަން ބޮޑު އުއްމީދެއް އެބައޮތް ކަމަށް ސާއިން ބުންޏެވެ.
"ކުޅެން ކިޔެވުން ސްކިޕް ކޮށްލާކަށް ނުޖެހޭނެ، ދެ ކަންތައް އެއްވަރަކަށް ގެންދެވޭނެ،" ސާއިން ބުންޏެވެ.
ސްކޫލް ނިންމާލުމަށް ފަހު ވެސް އޭނާ ހުރީ އިތުރަށް ކިޔެވުމުގެ އުއްމީދުގަ އެވެ. ނަމަވެސް ފުޓްބޯޅައިގައި ކުރިއަށް ދެވެން އޮތް އެންމެ ދުރަކަށް ކުރިއަށް ދާނެ ކަމަށް ސާއިން ބުންޏެވެ.
"ފުޓްބޯޅަ ކެރިއާ ކޮންޓިނިއު ކުރާނަން،" ސާއިން ބުންޏެވެ.
ފުރަތަމަ ފަހަރަށް އެކަޑަމީއަކާ ގުޅެން އޭނާ އަށް ފުރުސަތު ލިބުނީ ވެސް ކްލަބް އީގަލްސްގެ އެކަޑަމީން އިސްވެ އޭނާގެ އާއިލާ އަށް ދިން ދައުވަތެއްގަ އެވެ.
ވިލިމާލޭ މުހިއްޔުއްދީން ސްކޫލްގައި ބޭއްވި ފުޓްބޯޅަ ޓްރެއަލްއެއްގައި އީގަލްސްގެ އޭރުގެ ޔޫތު ކޯޗް އިބްރާހިމް ސައީދު (ކަކާ) އަށް ސާއިންގެ ހުނަރު ފާހަގަ ކުރެވުނެވެ.
"ކަކާ ކޯޗު ބުނީ އީގަލްސްގެ އެކަޑަމީ އަށް އަންނާށޭ،" ސާއިން ބުންޏެވެ.
އެއީ އެކަޑަމީއެއްގެ ތަމްރީނުތަކުގެ ފުރުސަތު އޭނާ އަށް ލިބުނު ފުރަތަމަ ފަހަރެވެ.
އެކަމަކު އެއަށް ވުރެ މާ ކުރިން ވެސް ސާއިންގެ ފުޓްބޯޅައިގެ ހުނަރު، ދަރަނބޫދޫގައި މިހާރު އޭނާ ތަމްރީނު ހަދަމުން އަންނަ އެޗްވައިއެސްސީ އެކަޑަމީގެ ކޯޗު މުހައްމަދު އަބްދުޝުކޫރަށް ފާހަގަވި އެވެ.
އެޗްވައިއެސްސީ އެކަޑަމީގެ ކޯޗުންނާ އެކު ސާއިން
"ރަށު ސްކޫލްގެ އިންޓަ ހައުސް މުބާރާތުގެ އެންމެ ހަގު އުމުރުފުރާގައި ވެސް ސާއިން އަކީ އެ އުމުރުގެ އެހެން ކުޅުންތެރިންނާ ބަލާއިރު ތަފާތު ކުޅުންތެރިޔެއް،" ދަރަނބޫދޫ ސްކޫލްގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ މުހައްމަދު ބުންޏެވެ.
"ޕިޔޯ ނެޗުރަލް ޓެލެންޓެއް އެއީ. ސާއިންގެ އުމުރުން ވަރަށް ހަގު އިރު ވެސް އަޅުގަނޑުމެންނަށް އެކަން ފާހަގަވި."
އުމުރުން ވަރަށް ހަގު އިރު ސާއިންގެ އާއިލާ މާލެ އަށް ބަދަލުވީ އޭރު ވެސް އޭނާގެ ކިބައިގައި ވެސް ފުޓްބޯޅައިގެ ހުނަރު ހުރިކަން ފާހަގަވުމުން، ފުޓްބޯޅައިން އިތުރު ފުރުސަތު ފަހިކޮށްދިނުމަށެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން އެކަޑަމީ ފުރުސަތުން ސާއިން ދެތަން ކުރުވި އެވެ. ކިޔެވުން އަލުން ރަށުގައި ކުރިއަށް ގެންދިއުމަށް އޭނާގެ އާއިލާއިން ނިންމި އެވެ.
ސާއިން
އެކަމަކު ފުޓްބޯޅައާ ސާއިން ވަތްކެއް ނުވި އެވެ. ކުރިން އީގަލްސް އެކަޑަމީއާ އެކު ތައިލެންޑްގެ މުބާރާތާކަށް ވެސް ދިޔަ ސާއިން އަށް ފުޓްބޯޅައިން އެންމެ ފަހި ފުރުސަތުތައް ލިބެން ފެށި އެވެ.
މި އަހަރު މާލޭގައި ބޭއްވި ނައިންޓީ މިނެޓް، މިނީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ވ. ކެޔޮދޫގައި ހިންގާ އަލިކާ ސްޕޯޓްސް އެކަޑަމީގެ ޓީމަށް ސާއިން ކުޅުނެވެ.
މާލެ ދޫކޮށް ރަށަށް ބަދަލުވުމުން، އޭނާގެ ވިދުން ފަނޑެއް ނުވި އެވެ. ސާއިން މިހާރު ތަމްރީނު ހަދަމުން އަންނަ، ދަރަނބޫދޫ އެޗްވައިއެސްސީގެ އެކަޑަމީން އެހެން ރަށްރަށުގައި ހިންގާ އެކަޑަމީތަކާ އެކު ހިންގާ އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ހިންގަ އެވެ. ނައިންޓީ މިނެޓް މުބާރާތްތަކުގައި ކުޅެން އޭނާ އަށް އަލިކާ އެކަޑަމީ ޓީމުން ފުރުސަތު ލިބުނީ ވެސް އެކްސް ޗޭންޖް ޕްރޮގްރާމްގެ ތެރެއިންނެވެ.
"އަލިކާ އެކަޑަމީގެ ޓީމަށް އެފަހަރު ކުޅުނު އަޅުގަނޑުމެން އެކަޑަމީގެ ތިން ކުދިން. އޭގެ ތެރޭގައި ސާއިން ހިމެނުނީ. އެއީ އަޅުގަނޑުމެންނާ އަލިކާ އެކަޑަމީއާ އެކު އޮންނަ އެކްސްޗޭންޖް ޕްރޮގްރާމެއްގެ ތެރެއިން ކުރާ ކަމެއް،" އޭއެފްސީ ކޯޗިންގެ ޑީ ލައިސެންސް ވެސް ހާސިލުކޮށްފައިވާ މުހައްމަދު ބުންޏެވެ.
ވ. ކެޔޮދޫ އަލިކާ އެކަޑަމީގެ ކޯޗު އަލިކާ (ވ) އާއެކު ސާއިން
އަލިކާ އެކަޑަމީގެ ޓީމުގައި ހިމެނި ނައިންޓީ މިނެޓް މުބާރާތުގައި ދެއްކި ކުޅުމާ އެކު ޔޫތު ފުޓްބޯޅައިގެ ގިނަ ކޯޗުންނަށް ސާއިންގެ ފެންވަރު ފެނުނެވެ.
ސަސްގެ އެކަޑަމީގެ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓޭ) އަށް ވެސް ސާއިންގެ ކުޅުން އެ މުބާރާތުން ފާހަގަވި އެވެ. ސަސްގެ އެކަޑަމީގެ ޓީމާ އެކު ލަލީގާ ޔޫތު މުބާރާތުގައި ކުޅެން އޭނާ އަށް ފުރުސަތު ފަހިކޮށްދޭން ފަރީދު ނިންމީ އެހެންވެ އެވެ.
އެކި މުބާރާތްތަކުގައި އޭނާ ކުޅެން ގެންދަން އެކި އެކަޑަމީތަކުން ބޭނުންވެ އެވެ. އެ ފުރުސަތުތަކުގައި އެކި އެކަޑަމީތަކުގައި ތަފާތު ކޯޗުންނާ އެކު ސާއިން މަސައްކަތް ކުރި އެވެ. ކޮންމެ ކޯޗެއްގެ ވެސް ޓެކްނިކް ތަފާތުކަމެއް ހުރެދާނެ އެވެ. އެކި ކޯޗުން ކިޔައިދޭ ގޮތް ތަފާތު ވިޔަސް އެ އިރުޝާދުތައް ނަގައިގަތުމުގައި އުނދަގޫ ކަމެއް ނެތް ކަމަށް ސާއިން ބުންޏެވެ.
"ކޮންމެ ކޯޗަކާ އެކު މަސައްކަތް ކުރިއަސް އަޅުގަނޑު އިންނަން ވަރަށް ކަނުލައި އަޑުއަހަން. އެހެންވެގެން ކަންނޭނގެ އޭތި އެޕްލައިކުރަން ފަސޭހަ ވަނީ ވެސް،" ސާއިން ބުންޏެވެ.
ދަރަނބޫދޫ އެޗްވައިއެސްސީ އެކަޑަމީގައި އެކި އުމުރުގެ 60 ވުރެ ގިނަ ކުދިން ބައިވެރިވެ އެވެ. މިއީ ކުޑަ އާބާދީއަކާ ބަލައިރު ރަނގަޅު ނިސްބަތެކެވެ. އެކަމަކު ފުޓްބޯޅަ އަށް ބޭނުން ކުރަން އެކަށީގެންވާ ވަރު ދަނޑެއް އެ ރަށުގައި ނެތެވެ. އޮތީ މިނީ ފުޓްބޯޅަ، ރާއްޖޭގައި ނަމަ ފުޓްސަލް ދަނޑެކެވެ. އެކަމަކު ސާއިން ފަދަ ތަރިން އެ ރަށުން އުފެއްދުމަކީ ލިބޭ އުފަލެކެވެ. އޭނާ އަކީ އެ ކުޑަކުޑަ ރަށުން އުފެއްދި ބޮޑު އުއްމީދެކެވެ.
ގުރައިދޫ އެއްވަނަ، ފުވައްމުލަކާއި ތިމަރަފުށި ގުރަކަށް
އޭދަފުށީގެ ދުވަހެއް، ދިއްދޫ ކަޓުވާލުމަށްފަހު ކުއާޓާއަށް
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް
ނައިފަރު ދެއްކީ ހިތްވަރު، ކުއާޓާއިން ޖާގަ ހޯދައިފި
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ގުރައިދޫގެ ދެބަފައިން؛ ފުޓްބޯޅައިގެ މާޒީ އާއި ކުރިމަގު
ތިމަރަފުށި ބާރު ކަނޑުވާލުމަށްފަހު ގުރައިދޫން ކުއާޓާއަށް
އަލީ ޝިހާމް މިހާރު ބޭނުންވަނީ ކޯޗިން ދަސްކުރަން
ނުރައްކާތެރި ފައުލުކުރި ކީޕަރު އެއް އަހަރަށް ސަސްޕެންޑް
އަލިފުށިން ދެވަނަ ބުރު ވެސް ފެށީ ގަދަކޮށް!