ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ގައުމީ ޓީމާއި، ވިކްޓްރީގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) އިތުރު ފަރުވާ އަށް ރާއްޖޭން ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އާއިލާ އިން ބުނެފި އެވެ.
ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ގައުމީ ޓީމާއި، ވިކްޓްރީގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) އިތުރު ފަރުވާ އަށް ރާއްޖޭން ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އާއިލާ އިން ބުނެފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ޑިފެންޑަރަށް ސްޓްރޯކެއް ޖެހުނީ މި މަހު ފަސް ވަނަ ދުވަހު އޮފީހުގައި ހުއްޓަ އެވެ. އޭނާގެ ސިކުނޑީގެ ތިން ނާރެއް ބްލޮކްވެ، އެންޖީއޯޕްލާސްޓީ ވަނީ ހަދައިފަ އެވެ. އެކަމަކު އޭރު މައި ބްލޮކް ނުފިލާތީ، ސިކުނޑީގެ ސާޖަރީއެއް ހަދަން ޖެހިދާނެ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފައިވެ އެވެ.
ކައްޕިގެ އާއިލާ އިން ބުނީ މިވަގުތު އޭނާގެ ހާލަތު ސްޓޭބަލް ކަމަށެވެ.
"މިވަގުތަށް ރަނގަޅު، އެކަމަކު އަޅުގަނޑުމެން މަސައްކަތްކުރަމުން މި އަންނަނީ އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދެވޭތޯ،" އާއިލާ މެމްބަރަކު ބުންޏެވެ.
ކައްޕިގެ އާއިލާ އިން އޭނާގެ ވާހަކަތައް މިވަގުތު އެހާ ބޮޑަށް މީޑިއާގައި ދައުރުވާކަށް ނޭދެ އެވެ. އެ އާއިލާ އިން އެދެނީ އޭނާ އަށް ހެޔޮދުއާ ކޮށްދިނުމަށެވެ.
ވިކްޓްރީ އަށް 1992 އިން 2002 އަށް ކުޅުނު ކައްޕި އަކީ އެ ޓީމުގެ ލެޖެންޑުގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ޓީމާ އެކު ގައުމީ މުބާރާތް ފަސް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، އަދި ކަޕްވިނާސް ކަޕް ވެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބަކީ 2002 ވަނަ އަހަރު ވިކްޓްރީން ގައުމީ މުބާރާތް ދެ ވަނަ ފަހަރަށް މިލްކުކުރިއިރު ކެޕްޓަނުގެ ގޮތުގައި ތަށި އުފުލާލުމެވެ.
ކައްޕި ކުޅުން ހުއްޓާލީ 2003 ވަނަ އަހަރު ވާދަވެރި ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ އެ އަހަރުގެ ކަޕްވިނާސް ކަޕް ނިއު އިން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް އެ އަހަރު އަނިޔާވެ ކުޅުމާ ދުރަށް ދިޔައީ އެވެ.
ކައްޕި އަކީ ގައުމީ ޓީމުގެ ތާރީހުގެ ވެސް ވަރަށް ވިދުންގަދަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1999 ގެ ސާފް ޗެމްޕިއަންޝިޕުގެ ތިން ވަނަ ރާއްޖެ ހޯދިއިރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ. އަދި ތިން ވަނަ ހޮވި މެޗުގައި ނޭޕާލް ކޮޅަށް ގޯލު ވެސް ޖެހި އެވެ. ޖެހިގެން އައި 2000 ވަނަ އަހަރު މާލޭގައި އޮތް ގޯލްޑަން ޖުބިލީ މުބާރާތުގެ ދެ ވަނަ ރާއްޖެ ހޯދިއިރު ކެޕްޓަނަކީ ވެސް އޭނާ އެވެ.
ކުޅުންތެރިން މާޔޫސްވެ އެއް ވަނަ ޑިިވިޝަނާ ދުރަށް
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
އުނދަގޫ ވަގުތު ސުޒޭން ކުރި ހިދުމަތަށް ޝުކުރު
މާފަށް އެދެމުން ސުޒޭން ގައުމީ ޓީމާ ދުރަށް
ސިންގަޕޫރު ކޯޗު ފާހަގަކުރީ ރާއްޖޭން ކުޅުނު ގޭމް
އައިހަމް އާއި އީނާޒް މުޅިން އަލަށް ގައުމީ ޓީމަށް
ދެން އޮތް ދެ މެޗަށް ގައުމީ ޓީމު ސުޒޭނާ ހަވާލުކުރަނީ
ކޮލިފައިން މެޗުގެ ކުރިން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް
ކައްޕި އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނީ
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު