އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އިންގްލެންޑްގެ ޕޯލް ތޯމަސް ސްމޯލީ ކުރިއަށް ގެންދިޔަ ބީ ލައިސެންސް ކޯޗިން ކޯހެއް އަވަސްއަރުވާލައިގެން ނިންމާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
06 އޯގަސްޓް 2024
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އިންގްލެންޑްގެ ޕޯލް ތޯމަސް ސްމޯލީ ކުރިއަށް ގެންދިޔަ ބީ ލައިސެންސް ކޯޗިން ކޯހެއް އަވަސްއަރުވާލައިގެން ނިންމާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އޭއެފްސީން ގަބޫލުކުރާ ބީ ލައިސެންސް ކޯޗިން ކޯހުގެ މުއްދަތަކީ ތިން ހަފުތާ އެވެ. ރާއްޖޭގެ ވަޒީފާއާ ހަވާލުވުމުގެ ކުރިން ބަންގްލަދޭޝްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކުރި ސްމޯލީ ރާއްޖޭގައި ކުރިއަށް ގެންދިޔަ ބީ ލައިސެންސް ކޯސް ބޭއްވީ ނުވަ ދުވަހަށެވެ.
އޭނާ ކިޔަވައި ދިން ބީ ލައިސެންސް ކޯޗިން ކޯހުގައި ބައިވެރިވި ކުރީގެ ކުޅުންތެރިޔަކު ބުނީ ކޯޗިން ކޯސް ކުރިއަށް ގެންދިޔައީ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހަށް ކަމަށެވެ.
އޭއެފްސީން ގަބޫލުކުރާ ބީ ލައިސެންސް ކޯޗިން ކޯސް ހިންގުމުގެ ހުއްދަ، އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާއިން އެފްއޭއެމް އަށް ދިނީ 2021 ގަ އެވެ. އެ ހުއްދައާ އެކު ބީ ލައިސެންސް ކޯޗިން ކޯހުގެ އިންސްޓްރަކްޓަރުކަން ކުރުމުގެ ހުއްދަ ވެސް ރާއްޖޭގެ ދެ އިންސްޓްރަކްޓަރަކަށް ދިނެވެ.
ބީ ލައިސެންސް ކޯޗިން ކޯހުގައި ކިޔަވައި ދިނުމުގެ ހުއްދަ އޭއެފްސީން ދިން ފުރަތަމަ ބެޗްގެ ދިވެހިންނަކީ އެފްއޭއެމްގެ ކޯޗާސް އެޑިއުކޭޝަންގެ ކުރީގެ ހެޑް އަދި ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) އާއި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އަހްމަދު ޝަރީފް (ޑުންގާ) އެވެ. އަދި ފަހުން ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އަށް ބީ ލައިސެންސް ކޯޗިން ކޯހުގައި ކިޔަވައި ދިނުމުގެ ހުއްދަ އޭއެފްސީން ދިނެވެ.
މިދިޔަ އަހަރު ޖުލައި މަހު ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރު ކަމަށް ޕޯލް ހަމަޖެއްސުމުން ކޯޗިން ކޯހުގެ ހުރިހާ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަނީ އޭނާގެ ބެލުމުގެ ދަށުންނެވެ.
ސްމޯލީގެ ކުރިއަށް ގެންދިޔަ ކޯޗިން ކޯސް ކުރު ގަޅުވާލުމުން ރާއްޖޭގެ ބައެއް ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރި އެވެ.
މައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކި ކޯޗަކު ބުނީ މީގެ ކުރިން ރާއްޖޭގައި ކުރިއަށް ގެންދިޔަ ކޯޗިން ކޯހުގެ ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއް ކަމަށެވެ. އޭނާ ބުނީ ފުޓްބޯޅަ އެޑިއުކޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ބީ ލައިސެންސް ކޯޗިންގެ ކޯހުގެ މުއްދަތަކީ 21 ދުވަސް ކަމަށެވެ.
ނުވަ ދުވަހުން ކޯސް ކުރުގަޅުވާލުމުގެ އިތުރުން، ޓެކްނިކަލް ބައިތަކާއި އިމްތިހާނުގެ މަރުހަލާ ވެސް ކުރިއަށް ނުގެންދާކަމުގެ ޝަކުވާ ވަނީ ކޮށްފަ އެވެ.
"ކޯހުގެ މުއްދަތަކީ 21 ދުވަސް. ތިއަރީ ބައި އޮންނަން ޖެހޭ. ޓެކްނިކަލް ބައި އޮންނަން ޖެހޭ ޓެސްޓް ވެސް ކުރިއަށް ގެންދަން ޖެހޭނެ. ޔުނިވާސަލީ ގަބޫލުކުރާ މިންގަނޑުތަކަކީ އެއީ،" ތަޖުރިބާކާރު ކޯޗު ބުންޏެވެ.
"މިހާރު މި ހެދި ގޮތުން ކޯހުގެ ފެންވަރު ވައްޓާލީ."
މި ކަމާ ބެހޭގޮތުން އެފްއޭއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ހިންގާނެ ބޯޑެއް ވެސް ނެތް އެސޯސިއޭޝަނުގައި މި ވަގުތު ހުރީ އެންމެ ފަހުން އައްޔަން ކުރި ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފެވެ. އޭނާގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
މި މަހުގެ ނިޔަލަށް ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ސްމޯލީ މަސައްކަތް ކުރާނެ އެވެ. ފަސް އަހަރުގެ މުއްދަތައް މަގާމުގައި ބަހައްޓަން ހަމަޖެއްސި ސްމޯލީ އަށް މުސާރަ ދެނީ ގަތަރުގެ އެފްއޭއިން ކަމަށް އެފްއޭއެމުން މީގެ ކުރިން ބުންޏެވެ. ކޮންޓްރެކްޓަށް އެއް އަހަރު ފަހުން އޭނާ ރާއްޖެ ދޫކޮށްލަން ޖެހުނީ ގަތަރުގެ އެފްއޭއިން އެކަން ކުރިއަށް ގެންދަން ބޭނުން ނުވުމުންނެވެ.
އެފްއޭއެމްގެ ކޯޗިން ކޯހުގައި ބޭރުގެ ކޯޗުންވެސް ކިޔަވާނެ
އެފްއޭއެމްގެ ކުރު މުބާރާތަށް ފީފާއިން ބައިލައްކަ ޑޮލަރު
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކުރާތީ ނުރުހުން
"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"
ފައިސާ ދިނަސް މުބާރާތް ކުޅެން ޝައުގެއް ނެތް
އެފްއޭއެމުން ބާއްވާ މުބާރާތަށް ފީފާގެ ފެހި ސިގްނަލް
ފީފާގެ ކުރިމަތީގައި ބައްސާމް މައުސޫމް މީހަކަށް؟!
ސާންތި އަބަދުވެސް ވިސްނީ ފުޓްބޯޅައިގެ އަންނަ ޖީލާ މެދު
ފީފާގެ ހުށަހެޅުމުން އެފްއޭއެމް ސޮއްސާލާނީ ފަހަތަށް