Roadha Mihaaru
ކަމަލާއަށް އެމެރިކާގެ ރިޔާސީ ޓިކެޓް ކަށަވަރުވެއްޖެ

ކަމަލާއަށް އެމެރިކާގެ ރިޔާސީ ޓިކެޓް ކަށަވަރުވެއްޖެ

02 އޯގަސްޓް 2024

އެމެރިކާގެ ރައީސް ޖޯ ބައިޑެން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ދޫކޮށްލައްވައި އެ ފުރުސަތު ދެއްވި ނައިބު ރައީސް ކަމަލާ ހެރިސް އަށް ކެންޑިޑެސީ ކަށަވަރުވެއްޖެ އެވެ.

އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވާނެ ބޭފުޅަކަށް ކަމަލާ ހޮވޭ ވަރަށް ވޯޓު ހަމަވެފައިވާ ކަމަށް ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ކެންޑިޑޭޓް ހޮވާ ކޮންވެންޝަން ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 22 އަށް ކަމަށް ވާއިރު އޭގެ ކުރިން ނެގި އިލެކްޓްރޯނިކް ވޯޓިން އަށް ހުށަހެޅި ހަމައެކަނި ކެންޑިޑޭޓަކީ ކަމަލާ އެވެ. ޕާޓީގެ ގްރާސްރޫޓް އެކްޓިވިސްޓުންނާއި ޕޮލިޓީޝަނުން ހިމެނޭހެން 4،000 ޑެލިގޭޓަކު ވަނީ ކަމަލާއަށް ތާއީދުކުރާކަމަށް ބަޔާންކޮށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

މި އަދާ އެކު ކޮންވެންޝަނުގެ ކުރިން ވެސް ކަމަލާއަށް ރިޔާސީ ޓިކެޓް ޕާޓީގެ ފަރާތުން ކަށަވަރުވީ އެވެ.

ކޮންވެންޝަނަށް ހުށަހަޅަށް ކުރިން ނިންމާފައި އޮތީ އުމުރުން 81 އަހަރުގެ ރައީސް ބައިޑެންގެ ނަން ކަމަށް ވިޔަސް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ކުރިމަތިވި ބޮޑު ލަދާ އެކު އޭނާއަށް އިތުރު ދައުރެއް ފުރިހަމަކުރެވޭނެ ކަމުގެ ގާބިލްކަން ހުރިކަމާ މެދު ސުވާލު އުފެދި ޕާޓީގެ މަސްލަހަތު ވެސް ގެއްލުނެވެ.

އެހެންވެ ފަހުން ބައިޑެން ވިސްނުން ބަދަލުކުރައްވައި އިންތިހާބުގައި ވާދަކުރުމަށް ނިންމެވީ އެވެ. -- އޭއެފްޕީ