08 އޯގަސްޓް 2024
މިއަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމަށް ފަހު ސްޕެއިން އިން ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގެ ތެރޭގައި، ޖިބްރާލްޓާއަކީ ސްޕެއިންގެ ގައުމެއް ކަމަށް ބުނުމުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރޮޑްރީ އާއި ސްޕެއިންގެ ކެޕްޓަން އަލްވަރޯ މޮރާޓާ އަށް ޔުއެފާ އިން ފިޔަވަޅު އަޅައިފި އެވެ.
މިއަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމަށް ފަހު ސްޕެއިން އިން ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގެ ތެރޭގައި، ޖިބްރާލްޓާއަކީ ސްޕެއިންގެ ގައުމެއް ކަމަށް ބުނުމުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރޮޑްރީ އާއި ސްޕެއިންގެ ކެޕްޓަން އަލްވަރޯ މޮރާޓާ އަށް ޔުއެފާ އިން ފިޔަވަޅު އަޅައިފި އެވެ.
މިއާ ގުޅިގެން، ޖިބްރާލްޓާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ޔޫއެފާ އަށް މައްސަލަ ވެސް ޖައްސައިފަ އެވެ.
މިއާ އެކު ދެ ކުޅުންތެރިން ވެސް ކުޅިވަރުގެ އުސޫލާ ހިލާފު ވެފައިވާ ކަމަށް ބުނެ، ޔުއެފާ އިން ވަނީ އެ ދެ ކުޅުންތެރިން އެއް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. ސްޕެއިން އެންމެ އަވަހަށް ކުޅެން އޮތީ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ނޭޝަންސް ލީގުގައި ސާބިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ޖިބްރާލްޓާ އަކީ ސްޕެއިންގެ ދެކުނުގައި އޮންނަ ގައުމެކެވެ. އަށާރަ ވަނަ ގަރުނުން ފެށިގެން އެ ގައުމު އޮންނަނީ އިނގިރޭސީންގެ ވެރިކަމުގެ ދަށުގަ އެވެ.
ޖިބްރާލްޓާ އަކީ ސްޕެއިންގެ ގައުމެއް ކަމަށް މޮރާޓާ އާއި ރޮޑްރީ ބުނެފައި ވަނީ މެޑްރިޑުގައި ކުރިއަށް ދިޔަ އުފާފާޅުކުރުންތަކުގައި އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީގަ އެވެ.
ރޮޑްރީ އެހެން ބުނުމާ އެކު މޮރާޓާ ވަނީ އޭނާ ކުޅެމުން އަންނަނީ އިނގިރޭސި ކްލަބަކަށް ކަން ހަނދާން ކޮށްދީފަ އެވެ. ނަމަވެސް އެކަމާ ފަރުވާލެއް ނެތް ކަމަށް، މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ރޮޑްރީ ބުނެ އެވެ.
ޖިބްރާލްޓާ އަކީ 2013 ވަނަ އަހަރުން ފެށިގެން ޔުއެފާގެ މެމްބަރު ގައުމެކެވެ. އަދި 2016 ވަނަ އަހަރު ކޯޓް އޮފް އާބިޓްރޭޝަން (ކާސް) ގެ އަމުރަށް ފީފާ އިން ވެސް ވަނީ އެގައުމުގެ މެމްބަޝިޕް ބަލައިގަނެފަ އެވެ.
ޔުއެފާގެ ރެފްރީޒް ރިޕޯޓާ އެކު ކްރޫސްގެ ފާޑުކިޔުން
ވައުދުވި ގޮތަށް ކުކުރެޔާގެ އިސްތަށިގަނޑު ރަތްކޮށްފި
ޔޫރޯގެ މޮޅު ކުޅުންތެރިންގެ އެވޯޑް ރޮޑްރީ އާއި ޔަމާލަށް
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ޔަމާލް މުގުރާލި ޕެލޭގެ ރެކޯޑާއި ހައިރާންކޮށްލި ގޯލު!
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
އަނިޔާވެ ޕެޑްރީއަށް ޔޫރޯ ނިމިއްޖެ، ބާސާއަށް ފައިސާދޭނެ