25 ސެޕްޓެމްބަރ 2024
މި އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ސްޕެއިނާއި ޖަރުމަން ކުޅުނު މެޗުގައި ޖަރުމަނާ ދެކޮޅަށް ރެފްރީ އެންތަނީ ޓޭލާ ގޯސް ނިންމުމެއް ނިންމާފައިވާކަން ޔުއެފާ ރެފްރީޒް ކޮމިޓީން ހާމަކުރުމުން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް، ޔުއެފާ އަށް ފާޑު ކިޔައިފި އެވެ.
މި އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ސްޕެއިނާއި ޖަރުމަން ކުޅުނު މެޗުގައި ޖަރުމަނާ ދެކޮޅަށް ރެފްރީ އެންތަނީ ޓޭލާ ގޯސް ނިންމުމެއް ނިންމާފައިވާކަން ޔުއެފާ ރެފްރީޒް ކޮމިޓީން ހާމަކުރުމުން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް، ޔުއެފާ އަށް ފާޑު ކިޔައިފި އެވެ.
ކުއާޓާގައި ޖަރުމަން އަތުން ސްޕެއިން މޮޅުވީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ކުޅުނު އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ. އޭގެ ކުރިން، އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ޖަރުމަނުގެ ޖަމާލް މުސިއާލާ ފޮނުވާލި ބޯޅައެއް އޭރިއާ ތެރެއިން ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރެޔާ އަތުގައި ޖެހުނު ހަމަށް ޖަރުމަނުން އެޕީލް ކުރި އެވެ. އެކަމަކު ރެފްރީ ޓޭލާ ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމައިފަ އެވެ.
ނަމަވެސް ޔުއެފާ ރެފްރީންގެ ކޮމިޓީން ވަނީ ޓޭލާ އާއި ވީއޭއާރުގައި ހުރި ރެފްރީ ނިންމީ ގޯސް ނިންމުމެއްކަން، އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފަ އެވެ. އެކަމާ ގުޅިގެން ކްރޫސް ބުނީ ޔުއެފާ އަށް އެއީ ހޭންޑްބޯޅައެއްކަން އެނގުނީ ތިން މަސް ފަހުން ކަމަށާއި، ނަމަވެސް އެހެން އެންމެނަށް އެއީ ހޭންޑްބޯޅައެއްކަން ވަގުތުން އެނގުނު ކަމަށެވެ.
"އެހެންވީމާ މިހާރު އަހަރެންނަށް ބުނެވޭނެތަ އަހަރެންނަކީ ޔޫރޯގެ ޗެމްޕިއަނެކޭ؟ އަހަރެންނަކަށް ހިއެއް ނުވޭ،" ސަމާސާ ރާގެއްގައި އޭނާ ބުންޏެވެ.
ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި މިޑްފީލްޑަރު ވަނީ އުމުރުން 34 އަހަރުގައި، ޔޫރޯ އަށް ފަހު ރިޓަޔާކޮށްފަ އެވެ.
ސްޕެއިން މެޗަކީ ރިޓަޔާ ކުރާ މެޗަކަށް ނުވާނެ: ކްރޫސް
އަނިޔާވެ ޕެޑްރީއަށް ޔޫރޯ ނިމިއްޖެ، ބާސާއަށް ފައިސާދޭނެ
އުފާފާޅުކުރި ގޮތުން ރޮޑްރީ އާއި މޮރާޓާ އަށް އަދަބުދީފި
ވައުދުވި ގޮތަށް ކުކުރެޔާގެ އިސްތަށިގަނޑު ރަތްކޮށްފި
ޔޫރޯގެ މޮޅު ކުޅުންތެރިންގެ އެވޯޑް ރޮޑްރީ އާއި ޔަމާލަށް
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ޔަމާލް މުގުރާލި ޕެލޭގެ ރެކޯޑާއި ހައިރާންކޮށްލި ގޯލު!
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް