Roadha Mihaaru
އަނިޔާވެ ޕެޑްރީއަށް ޔޫރޯ ނިމިއްޖެ، ބާސާއަށް ފައިސާދޭނެ

ކުރިމަތިވި އަނިޔާއާ އެކު ޕެޑްރީ އަށް ޔޫރޯ ނިމިއްޖެ، ބަދަލުގައި ޔޫއެފާއިން ބާސާ އަށް ފައިސާ ދޭނެ

07 ޖުލައި 2024

ޖަރުމަންގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލްގައި އެގައުމުގެ ޓޯނީ ކްރޫސް ކުރި ފައިލަކާ ގުޅިގެން ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒަށް މުބާރާތް ނިމިއްޖެ އެވެ.

ޖަރުމަންގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލްގައި އެގައުމުގެ ޓޯނީ ކްރޫސް ކުރި ފައިލަކާ ގުޅިގެން ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒަށް މުބާރާތް ނިމިއްޖެ އެވެ.

އަނިޔާއާ ގުޅިގެން ޕެޑްރީ، ހަތަރު ހަފްތާއަށް ވުރެ އިތުރަށް ހޭދަވާ ކޮންމެ ދުވަހަކަށް ޔޫއެފާ އިން، ޕެޑްރީ ކުޅެމުން އަންނަ ބާސެލޯނާ އަށް ފައިސާ ދައްކަން ޖެހޭނެ އެވެ.

ޔޫއެފާ އިން ބާސެލޯނާ އަށް ފައިސާ ދައްކަން ޖެހެނީ، ފީފާގެ ކްލަބް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ގަވާއިދުގެ ދަށުންނެވެ. އެ ގަވައިދުގެ ދަށުން ހަތަރު ހަފްތާއަށް ވުރެ އިތުރުވާ ކޮންމެ ދުވަހަކަށް 20،548 ޔޫރޯ (ގާތްގަނޑަކަށް 22،000 ޑޮލަރު) ދައްކަން ޖެހެ އެވެ.

ބާސެލޯނާ އިން ޕެޑްރީ އަށް ދޭ މުސާރައިން ވެސް ދުވާލަކަށް ގާތްގަނޑަކަށް އެވަރު ހޭދަވާނެ އެވެ.

ޕެޑްރީގެ ވާތު ކަކުލުގެ ލެޓެރަލް ލިގަމެންޓަށް ގެއްލުން ވެފައިވާކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަ ކޮށްފައި ވާއިރު، އަނިޔާއިން ރަނގަޅުވާން ނަގާނެ މުއްދަތެއް ފެޑެރޭޝަނުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭނާ އަނިޔާއިން ރަނގަޅުވާން މަހެއް ނޫނީ ދޮޅު މަހެއްހާ ދުވަސް ނަގާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

ވާދަވެރި ރެއާލް މެޑްރިޑްގެ ލެޖެންޑް ކްރޫޒް ވަނީ، އެ މެޗުން ބަލިވެ ޖަރުމަން ކެޓުމާ އެކު ރަސްމީކޮށް ކުޅުން ހުއްޓާލައިފަ އެވެ. މެޗަށް ފަހު ކްރޫސް ވަނީ، ޕެޑްރީ ކިބައިން މާފަށް ވެސް އެދިފަ އެވެ.

އަންނަ މަހުގެ ކުރީކޮޅު ޕެޑްރީ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވިފައި ވާއިރު، އަންނަ ސީޒަންގައި ބާސެލޯނާގެ ފުރަތަމަ މެޗު އޮތީ، އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.