Roadha Mihaaru
ޖުވާ ކުޅޭ ވެބްސައިޓްތައް ބްލޮކް ކުރަން ފަށައިފި

ޖުވާ ކުޅޭ ވެބްސައިޓްތައް ބްލޮކް ކުރަން ފަށައިފި

10 ޖުލައި 2024

ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ޗީފް އެގްޒެކެޓިވް އިޔްލާސް އަހްމަދު މިއަދު "މިހާރު" އަށް ވިދާޅުވީ ޖުވާ ކުޅެން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވެބްސައިޓްތަކެއް ފުލުހުންގެ އެންގުމަށް މިހާރު ބްލޮކް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ބްލޮކް ކުރީ ކިތައް ވެބްސައިޓް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޖުވާ ކުޅޭ ސައިޓްތައް ބޭނުންކުރާ މިންވަރު މިފަހުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޖުވާ ކުޅޭ ވެބްސައިޓްތައް ޕްރޮމޯޓް ކުރުން ވެސް ވަނީ އާންމުވެފަ އެވެ.

މިފަދަ ސައިޓްތައް ބްލޮކް ކުރަން ފެށި އިރު، މިދިޔަ އަހަރު ފަހުކޮޅު ބަރަހަނާ ވެބްސައިޓް ވެސް ރާއްޖޭގައި ބްލޮކް ކުރަން ވަނީ ފަށައިފަ އެވެ.