އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ގެއަކަށް ގޮސް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
17 ސެޕްޓެމްބަރ 2024
އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ގެއަކަށް ގޮސް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000ރ. ފޭރުނު މައްސަލައެއްގެ ރިޕޯޓެއް ލިބުނު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގ. ބެރުގެ، މުހައްމަދު ނަވީން، 44 އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،އެ އިދާރާ އިން ހިންގާ އޮޕަރޭޝަންތަކުގައި އިމިގްރޭޝަން އޮފިސަރުންގެ އައިޑީކާޑު ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރު އިމިގްރޭޝަން އޮފިސަރުންތައް މިހާރު އޮޕަރޭޝަންތައް ހިންގަނީ ޔުނިފޯމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަން އޮފިސަރުން ކަމަށް ދައްކައިގެން ތިބި ދިވެހިންތަކެއް، ބިދޭސީއެއްގެ އަތުން ފޯނާއި ފައިސާތަކެއް ފޭރުނުއިރު، އެ އިދާރާ އިން އަންނަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފަށައި ސައްހަ ވިސާ ނެތް މީހުން ޑީޕޯޓުކުރަން ފަށައިފަ އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަށް އިމިގްރޭޝަން އޮފިސަރުން އަންނަނީ އެފަދަ ތަންތަން ރެއިޑްކޮށް، ގަވާއިދާ ހިލާފުވާ ބިދޭސީން އަތުލައިގަންނަމުންނެވެ.
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
100 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އަތުލައިގެންފި
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!
ތިން ކުންފުންޏަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށްފި
ދިރިއުޅެން އެކަށީގެން ނުވާ ތަނެއްގައި 100 ބިދޭސީން!
ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން: އަނބިމީހާ
ޝަމްއާނަށް ކުރާ ތުހުމަތު: މީހަކު ދޫކޮށްލަން 5 ލައްކަ
އިމިގްރޭޝަންގެ މުވައްޒަފުންތަކަކަށް ކޮރަޕްޝަންގެ ތުހުމަތު
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި