Roadha Mihaaru
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން އުޅުނު މީހާ ބަންދަށް

އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން އުޅުނު މީހާގެ ބަންދަށް 10 ދުވަސް

18 ސެޕްޓެމްބަރ 2024

މޯލްޑިވްސް އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން މާލޭގެ ގެއަކަށް ވަދެ ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާ ތަހުގީގަށް 10 ދުވަހަށް ބަންދު ކުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވްސް އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން މާލޭގެ ގެއަކަށް ވަދެ ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާ ތަހުގީގަށް 10 ދުވަހަށް ބަންދު ކުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ގ. ބެރުގެ، މުހައްމަދު ނަވީން، 44 އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދަށް ކޯޓުން އިއްޔެ 10 ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި، އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި އޮޅުވާލައިގެން ތިން މީހަކު ގެއަކަށް ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000ރ. ފޭރުނު މައްސަލައެއްގެ ރިޕޯޓު ލިބުނު ކަމަށެވެ.

އެ މައްސަލަ ފެންމަތިވުމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެ އިދާ ރާއިން ހިންގާ އޮޕަރޭޝަންތަކުގައި ބައިވެރިވާ އިމިގްރޭޝަން އޮފިސަރުން ތިބޭނީ ރަސްމީ ޔުނީފޯމުގައި ކަމަށެވެ. އިމިގްރޭޝަންގެ އޮފިސަރުންގެ އައިޑީކާޑު ވެސް ފެންނާނެ ގޮތަށް އެ އޮފިސަރުން ޔުނީފޯމުގައި ހަރުކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.