Roadha Mihaaru
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމުން ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި

19 ސެޕްޓެމްބަރ 2024

ބާރު ސްޕީޑުގައި ސައިކަލުގައި ދުއްވާފައި ދަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން ފުލުސް މީހާގެ ގައިގަައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބާރު ސްޕީޑުގައި ސައިކަލުގައި ދުއްވާފައި ދަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން ފުލުސް މީހާގެ ގައިގަައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހެންވޭރު ދަނޑު ކައިރިން މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ބާރު ސްޕީޑުގައި ސައިކަލު ދިޔަ ޒުވާނު މަޑުކުރަން ފުލުހުން އެންގުމުން، ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ގޮސްފައިވާ ކަމަށެވެ.

އެ މައްސަލާގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޅ. ކުރެންދޫއަށް ނިސްބަތްވާ އަލީ ސަމާހް މުހައްމަދެވެ.

ފުލުހުން ބުނި ގޮތުގައި ސަމާހުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެ، ޓްރެފިކް ފުލުހުން ދަނީ މާލޭގެ އެކި ސަރަަހައްދުތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި ބާރަށް ސައިކަލު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އަންގަވައިފަ އެވެ.