30 ޖޫން 2024
އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު އަނެއްކާވެސް ބޮޑުވާން ފެށުމާ އެކު އިންފްލޭޝަން ރޭޓް ގާތްގަނޑަކަށް ދެ ގުނަ އުފުލިއްޖެ އެވެ.
އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު އަނެއްކާވެސް ބޮޑުވާން ފެށުމާ އެކު އިންފްލޭޝަން ރޭޓް ގާތްގަނޑަކަށް ދެ ގުނަ އުފުލިއްޖެ އެވެ.
ލަންކާ އަށް ލޯނު ދޫކޮށްފައިވާ ގައުމުތަކުން 10 ބިލިއަން ޑޮލަރުގެ ލޯނު އައިއެމްއެފްގެ ޝަރުތުތަކާ އެއްގޮތަށް ރީސްޓްރަކްޗާކޮށްދޭން ނިންމައި އެކަން އިއުލާނުކޮށްފައި ވަނިކޮށް ސެންސަން އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ހާމަކުރި މައުލޫމާތުގައި ވަނީ މެއި މަހު 0.9 ޕަސެންޓުގައި ހުރި އިންފްލޭޝަން ޖޫން މަހު 1.7 ޕަސެންޓަށް އަރާފައިވާ ކަމަށެވެ.
ކާބޯތަކެތީގެ އިންފްލޭޝަން ޖޫން މަހުގެ ކުރިން އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށް ފަހު ޖޫން މަހު ވަނީ 1.04 ޕަސެންޓަށް އަރާފައި ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ސްރީ ލަންކާގެ ލޯނުތައް އަދާނުކުރެވި 2022 ވަނަ އަހަރު ޑިފޯލްޓުވެ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓުނު އިރު އެ ގައުމުގެ އިންފްލޭޝަން 70 ޕަސެންޓާ ގާތަށް މައްޗަށް ދިޔަ އެވެ.
ލަންކާގެ މަރުކަޒީ ބޭންކުން ބުނީ މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ޖުމްލަ އިންފްލޭޝަން ފަސް ޕަސެންޓަށް ވުރެ ދަށުގައި ހިފެހެއްޓޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
މިއަހަރު ލަންކާގައި ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވާއިރު، އިދިކޮޅު ޕާޓީތަކުން ވަނީ ބުނަމުން ދަނީ ލަންކާއަށް އެހީވުމަށް އައިއެމްއެފުން ކޮށްފައިވާ ޝަރުތުތައް މާ ހަރުކަށި ކަމަށާއި ވެރިކަން ލިބިއްޖެ ނަމަ އަލުން އެ ކަންކަމާ މަޝްވަރާކުރާނެ ކަމަށެވެ. އައިއެމްއެފުން ވެސް ވަނީ އެ އިދާރާގެ ހުށަހެޅުންތަކުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ހުށަހެޅުންތައް އަޑުއަހައި މަޝްވަރާއަށް ތައްޔާރަށް އޮތް ކަމަށެވެ. -- އޭއެފްޕީ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ
ޗައިނާއިން ވެސް ލަންކާގެ 4 ބިލިއަނުގެ ލޯނަށް ލުޔެއް
ލަންކާގެ 5.8 ބިލިއަނުގެ ދަރަނި ރީސްޓްރަކްޗާކޮށްފި
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ލަންކާގެ ލޯނުތަކެއް 2028 ގެ ނިޔަލަށް ފަސްކޮށްދެނީ
ލަންކާގެ އިގްތިސާދު އެބަ ރަނގަޅުވޭ: ވޯލްޑް ބޭންކް