27 ޖޫން 2024
ބަނގުރޫޓުވެފައިވާ ސްރީ ލަންކާއަށް ލޯނު ދޫކޮށްފައިވާ ބައެއް ގައުމުތަކާ އެކު 5.8 ބިލިއަން ޑޮލަރުގެ ލޯނު ރީސްޓްރަކްޗާކުރުމާ މެދު އެއްބަސްވުމަކަށް އާދެވުނު ދުވަހު ޗައިނާގެ އެގްޒިމް ބޭންކާ އެކު 4.2 ބިލިއަން ޑޮލަރުގެ ލޯނު ލުއިކުރުމުގެ އެއްބަސްވުމެއް ހަދައިފި އެވެ.
ބަނގުރޫޓުވެފައިވާ ސްރީ ލަންކާއަށް ލޯނު ދޫކޮށްފައިވާ ބައެއް ގައުމުތަކާ އެކު 5.8 ބިލިއަން ޑޮލަރުގެ ލޯނު ރީސްޓްރަކްޗާކުރުމާ މެދު އެއްބަސްވުމަކަށް އާދެވުނު ދުވަހު ޗައިނާގެ އެގްޒިމް ބޭންކާ އެކު 4.2 ބިލިއަން ޑޮލަރުގެ ލޯނު ލުއިކުރުމުގެ އެއްބަސްވުމެއް ހަދައިފި އެވެ.
ފްރާންސްގެ ޕެރިހުގައި ހުންނަ، ލޯނު ދޫކުރާ ގައުމުތަކުގެ، އޮފިޝަލް ކްރެޑިޓާ ކޮމިޓީ (އޯސީސީ) އާ އެކު 5.8 ބިލިއަން ޑޮލަރުގެ ދަރަނީގެ ފައިނަލް ރީސްޓްރަކްޗާ އެގްރީމަންޓަކަށް ލަންކާއިން އައީ ބުދަ ދުވަހު އެވެ. އޯސީސީގެ މެންބަރުންގެ ތެރޭގައި ފްރާންސް، އިންޑިއާ އަދި ޖަޕާން ހިމެނެ އެވެ. އެއް ގައުމަކުން އެންމެ ގިނަ ލޯނު ލަންކާއަށް ދޫކޮށްފައިވާ ޗައިނާ އަކީ އޯސީސީގެ މެންބަރެއް ނޫނެވެ.
ދަރަނި އަލުން އެކުލަވާލުމާ މެދު އެއްބަސްވުމަކަށް އާދެވުނު ދުވަހު ލަންކާއިން ޗައިނާއާ އެކު ވަކިން އެއްބަސްވުމެއް ހަދާފައި ވާއިރު ޗައިނާ އާއި އެހެން ގައުމުތަކުން ލަންކާއަށް ނަގާފައިވާ ލޯނުތައް ލުއިކޮށްދިނުމާ މެދު ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލަށް އޯސީސީން ވަނީ އެދިފަ އެވެ.
އޭއެފްޕީއަށް މިކަމާ ބެހޭ ބަޔާނެއް ފެނިފައި ވާއިރު އޭގައި ވަނީ ޗައިނާ އަދި އޯސީސީގައި ނުހިމެނޭ އެހެން ގައުމުތަކުން ލަންކާއަށް ދީފައިވާ ލޯނުތަކާ މެދު ވެސް އޯސީސީން އަމަލުކުރި ގޮތަށް ނުވަތަ އެފަދަ އެހެން ގޮތަކަށް އަމަލުކުރާނެކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އޯސީސީ އަށް ދޭން ޖެހޭނެ ކަމަށެވެ.
ޗައިނާގެ އެގްޒިމް ބޭންކުގެ 4.2 ބިލިއަން ޑޮލަރުގެ ލޯނު އަލުން އެކުލަވާލުމަށް އެއްބަސްވި ނަމަވެސް ޕްރައިވެޓް ކޮމާޝަލް ލޯނެއްގެ ގޮތުގައި ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) އިން ލަންކާއަށް ނަގާފައިވާ 2.18 ބިލިއަން ޑޮލަރުގެ ލޯނާ މެދު އަމަލުކުރާނެ ގޮތެއް ހާމައެއް ނުކުރެ އެވެ.
ދަރަނި ލުއިކުރުމުގެ މަސައްކަތާ ބެހޭ މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނި ގޮތުގައި ސީޑީބީގެ ލޯނާ މެދު އަމަލުކުރާނީ 12.55 ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް ސޮވަރިން ބޮންޑްތަކާ އެއްގޮތަށް ކަމަށް ބެލެވޭ ކަމަށެވެ.
މާޗް މަހުގެ ފަހުކޮޅުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ލަންކާގެ ޖުމްލަ ބޭރުގެ ދަރަނި 37 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. ބޭރު ގައުމުތަކުން ލަންކާއަށް ނަގާފައިވާ 10.58 ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން ޗައިނާގެ ލޯނުގެ އަދަދަކީ 4.66 ބިލިއަން ޑޮލަރެވެ. ޗައިނާ އަށް ފަހު ދެން އެންމެ ގިނައީ ޖަޕާނުން 2.35 ބިލިއަން ޑޮލަރުގެ ދަރަނި އަދި އިންޑިއާއިން 1.36 ބިލިއަން ޑޮލަރުގެ ދަރަންޏެވެ.
ދަރަނި އަލުން އެކުލަވާލުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަންކާއަށް އެހީވުމަށް ދިން ބެއިލްއައުޓުގެ ޝަރުތެކެވެ. މި މަހުގެ ކުރީކޮޅު އައިއެމްއެފުން ވަނީ ލަންކާގެ މާލީ ހާލަތު ހަތަރު އަހަރު ތެރޭ ރަނގަޅުކުރުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ 2.9 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖުގެ ތެރެއިން 336 މިލިއަން ޑޮލަރުގެ އެންމެ ފަހުގެ ޕޭމަންޓް ދޫކޮށްފަ އެވެ. -- އޭއެފްޕީ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ
ކާބޯތަކެތީގެ އަގު ލަންކާގައި އަނެއްކާވެސް މައްޗަށް
ލަންކާގެ 5.8 ބިލިއަނުގެ ދަރަނި ރީސްޓްރަކްޗާކޮށްފި
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ލަންކާގެ ލޯނުތަކެއް 2028 ގެ ނިޔަލަށް ފަސްކޮށްދެނީ
ލަންކާގެ އިގްތިސާދު އެބަ ރަނގަޅުވޭ: ވޯލްޑް ބޭންކް