Roadha Mihaaru
ކުއްލިއަކަށް ހާލު ގޯސްވެ ބަކާ އައިސީޔޫގައި

ކުއްލިއަކަށް ހާލު ގޯސްވެ ބަކާ އަށް އައިސީޔޫގައި ފަރުވާ ދެނީ

24 ޖޫން 2024

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ގޯސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ގޯސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުން 38 އަހަރުގެ ބަކާ، މިދިޔަ ހައްޖު މޫސުމުގައި ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ. އެދަތުރު ނިންމައި، އެނބުރި ރާއްޖެ އައީ މީގެ ދެ ދުވަސް ކުރިންނެވެ.. އޭނާ އަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ބާކާގެ ގާތް މީހަކު "މިހާރު" އަށް ބުނީ އޭނާގެ ހާލު ސީރިއަސް ވީ ގދަ އަށް ހުން އައިސްގެން ކަމަށެވެ. .

"ގަދަ އަށް ހުން އައިސް ގައިގައި ވަރު ދޫވާ ގޮތްވީ. މިހާރު ވެންޓިލޭޓަރުގައި އޮތީ،" އޭނާ ބުންޏެވެ.

"މަޑުމަޑުން އިމްޕްރޫވް ވަމުން ދާކަމަށް (ޑޮކްޓަރުން) ބުނަނީ. އައިސީޔޫގައި އޮތީމަ އެއްވެސް މީހަކަށް އެތެރެއަށް ނުވަދެވޭ."

އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ދިމާވެ، ޓޮޕް ޑިވިޝަނުގައި މިދިޔަ ދެ ސީޒަން އޭނާ ކުޅެފައެއް ނުވެ އެވެ. ނަމަވެސް އޭރު ބަކާ ބުނީ ކުޅުން ހުއްޓާ ނުލާ ކަމަށެވެ.

ރާއްޖެ އާއި ސްރީ ލަންކާގައި 2008 ގައި ބޭއްވި ސާޗް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ. މިޔަންމާގެ ލީގުގައި ވެސް ކުޅުނު ބަކާ، އެއްވަނަ ޑިވިޝަނުގައި އެންމެ ފަހުން ކުޅުނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަކާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރެވެ ސ..ހިތަދު އަށް އުފަން ބަކާ،އުމުރުން 19 އަހަރުގައި ފެށީ އައްޑޫ ވިޔަފާރިވެރިންތަކެއް ހިންގި ކުރީގެ ކްލަބް އައިއެފްސީން 2004 ގަ އެވެ.