Roadha Mihaaru
ބަކާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު

ބަކާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު

25 ޖޫން 2024

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ.

އުމުރުން 38 އަހަރުގެ ބަކާ، ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތާ ތިން ވަރަކަށް ދުވަސް ތެރޭގައި ގަދަ ހުމެއް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

އޭނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ ފަތިސް ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އެވެ.

މިއީ، އާންމު ގޮތެއްގައި, ބެކްޓީރީއަލް އިންފެކްޝަނަކުން ސިކުންޑި އާއި ސްޕައިނަލް ކޯޑުގެ މެމްބްރެއިން އަށް ޖެހޭ ބައްޔެކެވެ. އެކަމަކު ވައިރަލް ނުވަތަ ފަންގަލް އިންފެކްޝަނުން ވެސް ބަލި ޖެހިދާނެ އެވެ.

މި ބަލީގެ ނުރައްކާ، ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބޮޑެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. އަދި އެ ބަލި ޖެހުމުން ކުއްލިއަކަށް މީހާގެ ހާލަތު ގޯސްވެ އެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް

- ހުންއައުން

- ބޮލުގައި ރިއްސުން

- ކަނދުރާ ވާންވުން

- މޭނުބައިކޮށް ހޮޑުލެވުން

- ވާނުވާ ނޭނގޭ ގޮތްވުން

- ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން

- ފިޓުޖެހުން

- އަލި ގަދަވުމުން އުނދަގޫވުން

- ވަރުދެރަވުން

- ނޭވާ އަވަސްވުން