Roadha Mihaaru

ފުޓްބޯޅަ ކޯޗު ސާންތީ ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު އަދި ކާމިޔާބު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) މިރޭ ނިޔާވެއްޖެ އެވެ.

ފުޓްބޯޅަ ކޯޗު ސާންތީ ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު އަދި ކާމިޔާބު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) މިރޭ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ކެންސަރު ބަލީގައި، ހާލު ދެރަވެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ މަހެއްހާ ދުވަސް ފަހުންނެވެ. ސާންތީ އެ ބަލި ތަހައްމަލުކުރަމުން އަންނަތާ މިހާރު ވަނީ ދެ އަހަރު ވެފަ އެވެ.

ސާންތީ އަކީ ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. ގައުމީ ޓީމުގައި ކެރިއަރުގެ ކުރީކޮޅު ހޭދަކުރި ސާންތީ ފަހުން ވަނީ ކްލަބް ފުޓްބޯޅައިގައި ވެސް މަސައްކަތްކޮށްފަ އެވެ.

އެގޮތުން ކްލަބް އީގަލްސް އަށް ވެސް ގިނަ އަހަރުތަކެއްގައި ކޯޗުކޮށްދިނެވެ. އޭނާ ވަނީ 2019 ގައި އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައިދީފަ އެވެ. އަދި 2020-2021 ގެ ސީޒަނުގައި މާޒިޔާ ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް ވެސް އީގަލްސް އަށް ކާމިޔާބުކޮށްދިނެވެ.

ޢީގަލްސްގެ ކޯޗު ކަމާ ދެ ވަނަ ފަހަރަށް 2023 ގައި ހަވާލުވެ، އެ ސީޒަނުގެ ވަކި ހިސާބަކުން ސާންތީ މަސައްކަތުން އަތް ދޫކޮށްލީ ސިއްހީ މައްސަލަތަކެއް ފާހަގަ ވުމުން ފަރުވާ ހޯދުމަށެވެ. ޖޫން 2023 ގައި ސާންތީ އީގަލްސްއާ ވަކިވީ، އޭނާގެ ގާތް އެކުވެރިޔާ އަދި ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އާ ހަވާލު ކުރުމަށް ފަހު އެވެ.

ސާންތީ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކޮށްފަ އެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމާއި، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނުގެ މަގާމް ވެސް ފުރި އެވެ.