20 ޖޫން 2023
މެދުކެނޑުމަކަށް ފަހު އީގަލްސްގެ ކޯޗުކަމާ މި ސީޒަންގައި ހަވާލުވި، އިހްސާން އަބްދުލް ޣަނީ ބަލިވެ އުޅޭތީ، އޭނާގެ ބަދަލުގައި އީގަލްސްގެ ކޯޗުކަން ކުރިން ވެސް އެ ޓީމަށް ކޯޗުކޮށް ދިން މުހައްމަދު ޝިޔާޒު (މޯހަން) އާ ހަވާލުކޮށްފި އެވެ.
މެދުކެނޑުމަކަށް ފަހު އީގަލްސްގެ ކޯޗުކަމާ މި ސީޒަންގައި ހަވާލުވި، އިހްސާން އަބްދުލް ޣަނީ ބަލިވެ އުޅޭތީ، އޭނާގެ ބަދަލުގައި އީގަލްސްގެ ކޯޗުކަން ކުރިން ވެސް އެ ޓީމަށް ކޯޗުކޮށް ދިން މުހައްމަދު ޝިޔާޒު (މޯހަން) އާ ހަވާލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސާންތީ ދަނީ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުންނެވެ. އެކަމަކު އެއީ ކޮން އޮޕަރޭޝަނެއް ކަމެއް ސާފެއް ނުވެ އެވެ.
ސާންތީގެ ބައްޔާ ބެހޭގޮތުން ވާހަކަ ދައްކާކަށް އީގަލްސްއަކުން ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ޓީމުގެ އޮފިޝަލް ބުނީ ސާންތީ ބަލިވެ އުޅޭތީ މަސައްތަށް ނުކުންނަން އުޒުރުވެރިވާ ކަމަށެވެ.
އޭނާ ބުނީ މޯހަން އާއި ސާންތީ އަކީ ފިލޯސަފީ އެއްގޮތް ވިސްނުމެއް ގެންގުޅޭ ދެ ކޯޗުން ކަމަށެވެ. ސާފް ޗެމްޕިއަންޝިޕް 2008 ގައި ރާއްޖެއިުން ކާމިޔާބު ކުރި އިރު މޯހަން އާއި ސާންތީ ވަނީ އޭރުގެ ކޯޗު ޖޯސެފް ޔަންކޭޒްގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މާލޭ ލީގު 2017 ގައި އީގަލްސް އަށް ކުރިމަތިވި ނާކާމިޔާބާ އެކު ސާންތީ އީގަލްސް ދޫކޮށްލުމުން، ޖެހިގެން އައި އަހަރު އީގަލްސްގެ ކޯޗު ކަމަށް އެ ޓީމުން ގެނައީ ވެސް މޯހަން އެވެ. އޭނާ ވަނީ 2019 ގައި އެ ޓީމަށް ލީގުގެ ދެވަނަ ހޯދައިދީފަ އެވެ. އަދި 2020-2021 ގެ ސީޒަންގައި މާޒިޔާ ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލް އީގަލްސް އަށް ހޯދައި ދިނެވެ.
މޯހަން ބުނީ އީގަލްސްއާ ހަވާލުވީ އޭނާގެ ގާތް އެކުވެރިޔާ ސާންތީގެ ވެސް އެދުމުގެ މަތިން ކަމަށެވެ.
"އަޅުގަނޑު ބޭނުންވާ ގޮތަކަށް ޓީމު ބަދަލުކޮށް ހަދާކަށް ނޫން މި ހަވާލުވީކީ. ވަރަށް ގަތް ރައްޓެއްސަކު އޭނަ އަށް ޕާސަނަލް ކަމެއް ދިމާވެގެން މި މަސައްކަތާ ހަވާލުވެދޭށޭ ބުނީމަ މި ނުކުންނަނީ. ﷲ އިރާދަކުރެއްވިއްޔާ އޭނާ އެކަމުން ނިމުނުހާ އަވަހަކަށް އަނެއްކާ ވެސް އޭނާއާ މި މަސައްކަތް ހަވާލުކުރާނަން،" މޯހަން ބުންޏެވެ.
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ކުޅުންތެރިން އުފައްދާ ކްލަބް ގައުމީ ޗެމްޕިއަނުންނަށް!
ޓީމެއް ބިނާކޮށްގެން ތަށި ލިބިއްޖެ ނަމަ އުފާ ޑަބަލްވޭ
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ
އީގަލްސް އިން އަގުކުޑަކުރުމުން ނިޝާމް އޭދަފުށްޓަށް
މުސާރަ ނުދެވޭއިރު ކުޅުންތެރިން ދޫކުރަން ޖެހޭ: ނިމާ
ގޯލްޑް ކަޕަކީ ފައިދާ ހުރި މުބާރާތެއް ނޫން: އީގަލްސް
އެވޯޑް ހޯދި ރިޒޭއަށް އަމިއްލަ ރަށުން ހޫނު މަރުހަބާއެއް
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ރިޒޭ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ