08 ޑިސެމްބަރ 2022
އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިން ކޯޗު، ސާބިއާގެ މިއޯޑްރާގް ޖެސިޗް، ކާރު އެކްސިޑެންޓެއްގައި މިއަދު މަރުވެއްޖެ އެވެ.
އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިން ކޯޗު، ސާބިއާގެ މިއޯޑްރާގް ޖެސިޗް، ކާރު އެކްސިޑެންޓެއްގައި މިއަދު މަރުވެއްޖެ އެވެ.
ސާބިއާގެ ޚަބަރުތައް ބުނާގޮތުން އުމުރުން 64 އަހަރުގެ ޖެސިޗް މަރުވީ، ސާބިއާގެ ރޫމާ ޓައުން ގައި އޭނާ ބާރު ސްޕީޑުގައި ކާރު ދުއްވާފައި ދަނިކޮށް، ނިދި ޖެހުމުގެ ސަބަބުން ޓްރަކެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ޖެސިޗް މާޒިޔާއާ ހަވާލުވީ މި ސީޒަން ފަށަން ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބީ އަށް ފަހު، އޭރު ހުރި ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) މަގާމުން ވަކިކުރުމުންނެވެ.
ކުރީގެ ޔޫގޮސްލޭވިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު ޖެސިޗް މާޒިޔާއާ ހަވާލުވީ މިދިޔަ ފެބްރުއަރީ މަހު އެވެ. ލީގު ނިމުމުގެ ކުރިން އޭނާ މާޒިޔާ ދޫކޮށްލީ، ޓީމަށް ޕްރިމިއާ ލީގު ޗެމްޕިއަންކަން ޔަގީން ކޮށްދިނުމަށް ފަހު އެވެ.
ޖެސިޗްއާއެކު މާޒިޔާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ވަނީ އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން މޮޅުކޮށްދީ 54 ޕޮއިންޓް ހޯދައިދީފަ އެވެ.
އޭނާ މާޒިޔާ ދޫކޮށްލީ ސައުދީ އަރަބިއްޔާގެ ދެވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އަލް ޝުއާލާ ފުޓުބޯޅަ ކުލަބާ ހަވާލުވާށެވެ.
ކޯޗެއްގެ ގޮތުގައި ގާތްގަނޑަކަށް 25 އަހަރު މަސައްކަތް ކޮށްފައިވާ ޖެސިޗް ވަނީ އޭޝީއާ އާއި ޔޫރަޕްގެ އިތުރުން މެދުއިރުމަތީގެ ގިނަ ކުލަބުތަކެއްގައި މަސައްކަތް ކޮށްފަ އެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ޑިފެންޑަރަކަށް ކުޅުނު ޖެސިޗް ވަނީ ސާބިއާގެ މަޝްހޫރު ޕާޓިޒަން އާއި ތުރުކީގެ އަލްޓޭ އާއި ޓްރަބްޒޮންސްޕޯ އަށް ވެސް ކުޅެފަ އެވެ. އަލްޓޭ އާއި ޓްރަބްޒޮންސްޕޯގެ ކޯޗެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ލައިޓްތައް މައްސަލަޖެހި މާޒިޔާގެ މެޗަށް ހިޔަނި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ހުމުގެ ރޯގާއާ ހެދި ވެލެންސިއާއަށް މެޗު ނުކުޅެވުނު،
ބުރު ސްޕޯޓްސްގެ މައްޗަށް މިފަހަރު މާޒިޔާ ގަދަވެއްޖެ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ވެއްޓުނަސް މާޒިޔާއަށް ތެދުވެވޭނެކަން ސާބިތު ކޮށްދެވިއްޖެ
މާޒިޔާއިން ލީގުގެ އައްޑަނަ އުފުލާލައިފި
ޗެމްޕިއަން މާޒިޔާ އަށް ޔޫވީ އަތުން ފަސޭހަ މޮޅެއް