Roadha Mihaaru
ސްކޮޓްލެންޑާ ޖެހި ސްވިޒަލެންޑަށް އިންތިޒާރު ދިގުވެއްޖެ

ސްކޮޓްލެންޑުން ހުރަސްއެޅުމުން ސްވިޒަލެންޑަށް ދެވަނަ ބުރަށް ދިއުމުގެ އިންތިޒާރު ދިގުވެއްޖެ

20 ޖޫން 2024

ކޮލޯން (ޖޫން 20) – ކޮލޯން (ޖޫން 20) – ސްކޮޓްލެންޑް އަތުން އެއްވަރުވެ، ދެވަނަ ބުރަށް ދިއުމުގެ ދަތުރުގައި ސްވިޒަލެންޑަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮލޯން (ޖޫން 20) – ކޮލޯން (ޖޫން 20) – ސްކޮޓްލެންޑް އަތުން އެއްވަރުވެ، ދެވަނަ ބުރަށް ދިއުމުގެ ދަތުރުގައި ސްވިޒަލެންޑަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

މެޗުން، ސްވިޒަލެންޑް މޮޅުވިނަމަ، ޖަރުމަނުގެ ފަހަތުން ދެވަނަ ބުރުގެ ޖާގައެއް އެ ޓީމަށް ކަށަވަރު ކުރެވުނީހެވެ. އެކަމަކު ދެން އެ ޓީމު ޖެހޭނީ ގުރޫޕްގެ ފަހު މެޗުތަކަށް މަޑުކުރާށެވެ.

ފުރަތަމަ މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި، ދަށް ފެންވަރެއްގައި ފެނުނު ސްކޮޓްލެންޑުން، މިރޭގެ މެޗަށްނުކުތީ ގިނަ ކަންކަމެއް ރަނގަޅުކޮށްގެންނެވެ. ސްޓީވް ކްލާކްގެ ޓީމުމް އެ ޓީމުގެ ގޭމް ވަރަށް ބޮޑަށް ރަނގަޅު ކުރި އެވެ.

ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ނުއުފެއްދުނަސް، މިރޭ އެ ޓީމުން ވަނީ ސްވިޒަލެންޑްގެ ފަހަތަށް ނުރައްކާކޮށްފަ އެވެ. ސްވިސްގެ ކީޕަރު ޔޭން ސޮމާ ވެސް ފެނުނީ ބިޒީކޮށެވެ.

ފުރަތަމަ ލީޑް ނެގީ ވެސް ސްކޮޓްލެންޑުންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ސްކޮޓް މެކްޓޮމިނޭ، އެ ޓީމުގެ ލަނޑު ޖެހީ ކެލަމް މެކް ގްރޭގާ ދިން ބޯޅައިންނެވެ. މެކްޓޮމިނޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސްވިޒަލެންޑްގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހިފަ އެވެ.

ލީޑްގައި ސްކޮޓްލެންޑަށް ހިފަހައްޓާލެވުނީ ވެސް 13 މިނެޓެއްހާ އިރު އެވެ. ސްވިޒަލެންޑްގެ ޒާދާން ޝަކީރީ އަށް އޭރިއާގެ ބޭރުން ލިބުނު ބޯޅަ އެއްފަހަރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ މަތީ ކަނަށް ވައްދާލި އެވެ. އޭނާ އަށް އެ ބޯޅަ ލިބުނީ، ސްކޮޓްލެންޑްގެ ކުޅުންތެރިން ފަހަތަށް ދޭން އުޅުނު ބޯޅަ ރަނގަޅަށް ނުދެވުމުންނެވެ. އެންމެ ފަހަތުގައި ހުރި ޑިފެންޑަރަށް ލިބުމުގެ ކުރިން ޝަކީރީ ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވާލި އެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސްވިޒަލެންޑްގެ ހަމަލާތައް ގިނަ އެވެ. އަދި ނުރައްކާތެރިން ފުރުސަތުތަކެއް ވެސް ހޯދި އެވެ. މެޗުގެ 58 ވަނަ މިނެޓްގައި އެ ޓީމުގެ ޑެން އެންޑޯއި، ސްކޮޓްލެންޑްގެ ޑިފެންޑަރުން ވެސް ކައިރިން ނެއްޓި ފޮނުވާލި ބޯޅަ އޭނާ މަސައްކަތް ކުރީ ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލުމަށެވެ. ނަމަވެސް ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.