ސްކޮޓިސް ލީގުގައި އާދިއްތަ ދުވަހު ވާދަވެރި ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައި ރޭންޖާސްގެ ސަޕޯޓަރުން ދަނޑުގައި ދެމި ބެނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
06 މެއި 2025
ސްކޮޓިސް ލީގުގައި އާދިއްތަ ދުވަހު ވާދަވެރި ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައި ރޭންޖާސްގެ ސަޕޯޓަރުން ދަނޑުގައި ދެމި ބެނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އަމިއްލަ ދަނޑު އައިބްރޮކްސް ސްޓޭޑިއަމްގައި ރޭންޖާސްގެ ސަޕޯޓަރުން ދެމި ބޮޑު ބެނާގައި ފެންނަނީ އެ ޓީމުގެ ކުރީގެ ގްރޭމް ސޫނެސް ބަޑިއެއް ހިފަހައްޓައިގެން އަމާޒު ކުރާ މަންޒަރެވެ.
މިހާރު އުމުރުން 72 އަހަރުގެ ސޫނެސް ވަނީ ޕްލޭޔާ ކޯޗެއްގެ ގޮތުގައި 1986-191 އަށް ރޭންޖާސް އަށް އިރުޝާދު ދީފަ އެވެ.
އެ ބެނާގައި ދެން ލިޔެފައި ވަނީ: ބާޣީންގެ ކުނިތަކާ ދެކޮޅަށް ތެދުވޭ" މިހެންނެވެ.
ސަޕޯޓަރުން ދެމި އެ ބެނާގެ މައްސަލަ ބޮޑުވެ ސްކޮޓްލެންޑްގެ ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުގެ ފަސްޓް މިނިސްޓަރު ޖޯން ސްވިނީ ވިދާޅުވީ އެ ފަދަ މެސެޖެއް ދޭ ބެނާއެއް ދަނޑުގައި ދެމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރޭންޖާސްއިން ވެސް ވަނީ ސަޕޯޓަރުންގެ އެ އަމަލާ ދެކޮޅަށް ބަޔާނެއް ނެރަފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެކަން ކުރި މީހުން ފާހަގަވެއްޖެ ކަމަށެވެ. އެކަމުގައި ފުލުހުންގެ ތަހުގީގަށް އެއްބާރުން ލުން ދޭނެ ކަމަށް އެ ކްލަބުން ބުންޏެވެ.
ސްކޮޓްލެންޑާ ޖެހި ސްވިޒަލެންޑަށް އިންތިޒާރު ދިގުވެއްޖެ
ޖަރުމަނު ދެކެ ކުޑަކޮށް ވެސް ޖެހިލުމެއް ނުވޭ: ކްލާކް
ވެލެންސިއާގެ ބޭރު ކުޅުންތެރިންގެ ޖާގަތަށް ފުރިހަމަކޮށްފި
ދާދުގެ ހަތަރު ގޯލުން މާޒިޔާއިން ލީގު ފެށީ ގަދަކޮށް
ކުޅުންތެރިންގެ މައްސަލަ، ވެލެންސިއާއިިން އިމިގްރޭޝަނަށް
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
އިޒްރޭލު ބޮއިކޮޓް ކުރަން ދުނިޔޭގެ ފުޓްބޯޅަ ކެމްޕޭނެއް
ރާއްޖޭގެ ގުރޫޕްގައި އިންޑިއާ، ޕާކިސްތާން ގަދަކޮށްފި
ރަސްމީ ސީޒަނުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!
ހަތް އަހަރަށްފަހު އެފްއޭއެމުން ފުޓްބޯޅަ އެވޯޑް ދެނީ