Roadha Mihaaru
ގަވައިދާ ހިލާފަށް މީހުން އެރުވި އުޅަނދެއް ޓޯކޮށްފި

ގަވައިދާ ހިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދެއް ހުއްޓުވައި ޓޯކޮށްފި

19 ޖޫން 2024

ގަވައިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން ހުޅުލެ އަށް މިއަދު ދަތުރުކުރި އުޅަނދެއް ހުއްޓުވައި ޓޯކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގަވައިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން ހުޅުލެ އަށް މިއަދު ދަތުރުކުރި އުޅަނދެއް ހުއްޓުވައި ޓޯކޮށްފި އެވެ.

ފުލުހުން ބުނީ ހުއްދަނެތި، ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އުޅަނދު ބަލައި ޗެކުކުރި އިރު އެއީ ބީ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށެވެ.

ބީ ޒޯންގައި ރަޖިސްޓްރީ ކޮށްފައިވާ އެ އުޅަނދު ދުއްވީ އޭ ޒޯން ބޯޑު ޖަހައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އުޅަނދުގެ އަހަރީ ފީ ވެސް ނުދައްކާ އޮތުމުން ފިޔަވަޅު އަޅައި މިހާރު އެ އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ގިނަ ބަޔަކު މި ގޮތަށް އުޅަނދުތަކަށް އަރުވައިގެން ގެންދާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. މި އުޅަނދުތައް ހުންނަނީ އޭގެ އެތެރޭގައި ތިބޭ މީހުން ބޭރަށް ނުފެންނަ ގޮތް ހެދުމަށް މަތިން ވައި ވަންނަވަރުގެ ކުޑަ ތަންކޮޅެއް ބޭންދުމަށް ފަހު، ވަށައިގެން ފިލާ ނުވަތަ ޓިނު ޖަހައި ބަންދުކޮށްފަ އެވެ.

އެ މައްސަލާގައި އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.