19 މާޗް 2023
ޓްރެފިކް ގަވައިދާ ހިލާފަށް ޕާކް ކުރުމުން ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ ވަރަށް ސެންސިޓިވް ބެލެންސެއް ހިފަހައްޓަންޖެހޭ ކަމަކަށް ވެފައިވާ ކަމަށާއި އެކަމަކު ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ސިޔާސަތުތަކެއްގެ ތެރެއިން ހައްލު އަންނަތަން ނުފެންނާތީ މިއީ ފުލުހުން ކީއްކުރަން ކުރަންޖެހޭ ކަމެއް ބާވައޭ ބައެއް ފަހަރު ހިތަށް އަރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ޓްރެފިކް ގަވައިދާ ހިލާފަށް ޕާކް ކުރުމުން ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ ވަރަށް ސެންސިޓިވް ބެލެންސެއް ހިފަހައްޓަންޖެހޭ ކަމަކަށް ވެފައިވާ ކަމަށާއި އެކަމަކު ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ސިޔާސަތުތަކެއްގެ ތެރެއިން ހައްލު އަންނަތަން ނުފެންނާތީ މިއީ ފުލުހުން ކީއްކުރަން ކުރަންޖެހޭ ކަމެއް ބާވައޭ ބައެއް ފަހަރު ހިތަށް އަރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސަތުތަކެއްގެ ތެރެއިން މި ކަންކަމަށް ހައްލު އަންނަ ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި އަބަދުވެސް ސިޔާސަތުތައް ކަނޑައެޅެނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ކުރު މުއްދަތަކަށް ކަމަށެވެ.
"ދެމެހެއްޓެނިވި ދިގު ރާސްތާ ސިޔާސަތުތަކެއް ނުހުރޭ. ދެން އެ އަންނަ ގޮންޖެހުންތައް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފޭސްކުރަން މި ޖެހެނީ،" ސީޕީ ވިދާޅުވި އެވެ.
އެއްބަޔަކު ބޭނުންވަނީ މަގުމަތި ތަރުތީބު ވެފައި، ޕާކިން ޒޯން ކުރަހާފައި ހުރިއްޔާ ޒޯން ތެރޭ ވެހިކަލް ހުންނަން ކަމަށާއި ގެތަކާއި ފިހަރަތާކައި ގަރާޖްތަކުގެ ދޮރުމަތީގައި ޕާކް ކުރާ ނަމަ ސްޓިކާ ޖަހަން ނުވަތަ އޮންނަ އުސޫލަކުން ފިޔަވަޅު އަޅަން ކަމަށް ހަމީދު ވިދާޅުވި އެވެ.
"މި ގަވައިދުތައް ތަންފީޒުކުރަން އެއްބަޔަކު އެބަ ބޭނުންވޭ. އެކަމަކު ކުރަން ފަސޭހަ ކަމެއް ނޫން އެއީ. އެކަމަކު ފުލުހުން ނުކުމެ ވަޔަލޭޝަންތަކާ ގުޅިގެން ސްޓިކާ ޖެހުމާއި ސްލިޕް ދިނުން ފަދަ ކަންކަން ކުރީމަ އެކަމާ ނުރުހުން ވެސް އެބަ ވޭ. ފުލުހުންނަށް މި އޮތީ މި ގާނޫނުތައް ތަންފީޒު ކުރުމުގައި ވަރަށް ސެންސިޓިވްކޮށް ބެލެންސެއް ހިފަހައްޓަން،" އޭނާ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ޓްރެފިކް މެނޭޖުކުރުމަށްވުރެ ފުލުހުންގެ ވަސީލަތްތައް ބޭނުންކުރުން މުހިންމު ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"ބައެއް ފަހަރު ހިތަށް އަރާ ފުލުހުން ކީއްކުރަން ކުރާ ކަމެއް ބާވައޭ. ދެކޮޅެއް ނުޖެހޭ މި އެއްޗެއް. އަނެއްކާ ފުލުހުންނެއް ނޫން ސްޓިކާ އާއި މި ވަޔަލޭޝަން ސްލިޕްތަކާ ޕްރިންޓުކުރަނީ ވެސް. ފުލުހުން ތެރޭ އުފައްދާ އެއްޗެއް ވެސް ނޫން މިއީ. އެއީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެކަމާބެހޭ ދައުލަތުގެ އިދާރާތަކުން ވަކި އަދަދަކަށް ފުލުހުންނަށް ސްޓިކާ ދޫކުރަނީ."
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގައި ޓްރެފިކް ކަންކަމާ ގުޅޭ ވަޔަލޭޝަން ހިނގާ ނިސްބަތަށް ފުލުހުންނަށް ސްޓިކާ ނުވެސް ލިބެ އެވެ.
"މާނަ އަކީ އަޅުގަނޑުމެން ކޮންމެ މީހަކު ގެއިން ނުކުމެގެން ވަކި ޕޮއިންޓަކަށް ދާންދެން މަގުމަތިން ފެންނަ ކޮންމެ ވަޔަލޭޝަނަކަށް ބައްދަލުވާ ވަރަކަށް ނޫނޭ ޓްރެފިކް ވަޔަލޭޝަން ސްޓިކާ ލިބެނީއަކީ. އެވަރަށް ލިބޭ ނަމަ ފުލުހަކު ޕޮއިންޓް އޭ އިން ފެށިގެން ޕޮއިންޓް ބީ އާ ހަމަޔަށް ދާއިރު، ޖަހަމުން ޖަހަމުން ޖަހަމުން، އޭރުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ގާނޫނާއި ގަވައިދު ފުރިހަމައަށް ތަންފީޒުވިކަމަށް."
މާލޭގައި ތޮއްޖެހުން ބޮޑުވެ ޓްރެފިކް މައްސަލަ އޮތީ މެނޭޖް ނުކުރެވޭ ހިސާބަށް ގޮސްފައިކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ކުށް މަދުކުރުމާއި މުޖުތަމައު ތެރޭ އުފެދިގެން ބޮޑުވަމުން ފެތުރެމުން އަންނަ އެކިވަރުގެ ކުށްތަކާ ފުލުހުން ޑީލްކުރަން ތިބޭއިރު ޓްރެފިކް މެނޭޖްކުރަން ފުލުހުންގެ ވަގުތާއި ވަސީލަތް ހޭދަކުރަންޖެހޭ ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ބައެއް ފަހަރު ހިތަށް އަރާ ސުވާލެއް އެއީ ކީއްކުރަން ބާވައޭ ފުލުހުން ޓްރެފިކްގެ ކަންކަން އެންފޯސްކުރަން އުޅެން މި ޖެހެނީ. ކުރީމަ، ހަގީގަތުގައި ފުލުުހުން މުޖުތަމައުގައި ގާއިމުވެ ތިބެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ޕަބްލިކް ދެކޭ ގޮތް، ފުލުހުންގެ ލެޖިޓިމެސީއާ ދޭތެރޭ ކިހިނެއްތޯ ގަބޫލުކުރެވިފައި މި އޮންނަނީ. އެއީ އަސްލު ވަރަށް ކަންބޮޑުވާ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަށް ހައްލުތަކެއް އަންނަން އެބަ ޖެހޭ،" އާންމުންގެ ނަފްރަތު ފުލުހުންނަށް ނާންނަ ގޮތަށް ޓްރެފިކް ކަންކަން ބެލެހެއްޓުން ގޮންޖެހުމަކަށް ވެފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.
ބައެއް ފަހަރު ހިތަށް އަރާ ފުލުހުން ކީއްކުރަން ކުރާ ކަމެއް ބާވައޭ. ދެކޮޅެއް ނުޖެހޭ މި އެއްޗެއް. އަނެއްކާ ފުލުހުންނެއް ނޫން ސްޓިކާ އާއި މި ވަޔަލޭޝަން ސްލިޕްތަކާ ޕްރިންޓުކުރަނީ ވެސް: ސީޕީ ހަމީދު
އޭނާ ވިދާޅުވީ ސްޓިކާ ޖެހުމަށް ވުރެ ބޮޑަށް މުހިންމީ ފުލުހުންނަކީ ތޮއްޖެހިފައި އޮތް މާލޭގައި ވެސް މީހުންނަށް ޓްރެފިކް މެނޭޖްކޮށްދިނުމާއި ޓްރެފިކް ފްލޯ ރަނގަޅުކޮށްދިނުމަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުން ކަމަށެވެ. އެކަމަކު ޓްރެފިކް ފްލޯގެ ވާހަކަ ދައްކާއިރު މިހާވަރަށް ތޮއްޖެހެންޏާ ޓްރެފިކް މެނޭޖްކުރާނެ ގޮތްތަކެއް ވެސް ގިނަ ފަހަރަކަށް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ ވެހިކަލް ރާއްޖެ އެތެރެކުރެވޭ މިންވަރު ކޮންޓްރޯލެއް ގާއިމެއްނުވޭ. އަދިވެސް މާލެ ސަރަހައްދުގައި އެބަ ދުއްވާ 20 އަހަރު 25 އަހަރު، އެތައް ޒަމާނެއް ވެފައި ހުރި އުޅަނދުތައް ޓެކްސީ ކުރުމާއި އެކި ބޭނުންތަކަށް."
ގަވައިދާ ހިލާފުވެގެން ވެހިކަލް ޓޯކުރަން ބަލާއިރު އުޅަނދުފަހަރު ގެންދާނެ ޖާގަ ނެތުމުގެ މައްސަލަ ވެސް ސީޕީ ފާހަގަކުރެއްވި އެވެ. މިކަމުގައި ފުލުހުންނަށް ޖެހިފައިވަނީ މިކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުގައި އެ އޮންނަ އުސޫލުތަކާއި ޕްރޮޓޮކޯލްތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމަށާއި އެކަމަކު އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ގޮންޖެހުންތައް ގިނަ ކަމަށް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް މިހެން ހުންނައިރު އަޅުގަނޑަށް ގަބޫލުކުރެވެނީ ފުލުހުންގެ އޮފިސަރުންގެ ޓައިމް، ޖުމްލަ ގޮތެއްގައި ރިސޯސް ބޭނުންކުރެވޭ ވަގުތުން އަޅުގަނޑުމެން ބޭނުމެއް ނޫން މި ކަންކަން މިގޮތަށް ހުންނައިރަކު އެއީ ރައްޔިތުންގެ ނަފްރަތު ފުލުހުންނަށް ރައްދުވާ ކަމަކަށް މިކަން ވާކަށެއް." ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މިކަމަށް ޖެހޭނީ މިކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކީ މަޝްވަރާކޮށް އަވަސް އަދި މެދު ރާސްތާ އަދި ދިގު ރާސްތާ ހައްލުތަކެއް ހޯދަން ކަމަށެވެ.
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!
ގަވައިދާ ހިލާފަށް މީހުން އެރުވި އުޅަނދެއް ޓޯކޮށްފި
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި
ކުއްލިއަކަށް ޖެހި ސްޓިކާތަކަށް ފުލުހުންގެ ޖަވާބު!
ބަހަށް އުނދަގޫވާތީ 538 ވެހިކަލްގައި ސްޓިކާ ޖަހައިފި
ބާރަށް ދުއްވި ދެ ސައިކަލް ހުއްޓުވުމުން ހަމަލާ ދީފި
ބާރަށް ދުއްވި 41 މީހަކު މިދިޔަހަފުތާގައި ހިފެހެއްޓި
ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި
ރައުންޑްއެބައުޓާއެކު އެކްސިޑެންޓް މަދު، ހޭލުންތެރިކުރަނީ