11 އޮކްޓޯބަރ 2024
ސިނަމާލޭ ބްރިޖުގެ ހައިވޭގައި ސައިކަލް ދުއްވާފައި ދަމުން ކުޑަކުއްޖަކަށް ސައިކަލްގެ ހުންގާނު ދީގެން އިނީ ސިފައިންގެ މީހެއްކަން އެނގިއްޖެ އެވެ.
ސިނަމާލޭ ބްރިޖުގެ ހައިވޭގައި ސައިކަލް ދުއްވާފައި ދަމުން ކުޑަކުއްޖަކަށް ސައިކަލްގެ ހުންގާނު ދީގެން އިނީ ސިފައިންގެ މީހެއްކަން އެނގިއްޖެ އެވެ.
އެއީ ސިފައިންގެ މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން މީޑިއާގައި އަދި ނުބުނެ އެވެ. ނަމަވެސް އެއީ ސިފައިންގޭގައި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން ސެކްޝަންގައި މަސައްކަތް ކުރާ މީހެއް ކަން "މިހާރު" އަށް އެނގިފައި ވެ އެވެ. ކުޑަކުއްޖާ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ދުއްވިއިރު އެ މީހާ ހުރީ ވެސް އެ ސެކްޝަނަށް ހާއްސަ ޓީޝާޓް ލައިގެންނެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ސައިކަލުގެ ކުރިއަށް ކުޑަ ފިރިހެންކުއްޖަކު ލައިގެން ދުއްވާފައި ދާއިރު އެ ކުއްޖާ ހުންގާނުގައި ހިފަހައްޓައިގެން އިން މަންޒަރެވެ. އެ މީހާ ވާއަތުން ހުންގާނުގައި ކުޑަކޮށް އަތް ޖައްސާލައިގެން އިންނަ ތަން އެ ވީޑިއޯ އިން ފެންނައިރު، އޭނާ އިނީ ސައިކަލްގެ ސްޕީޑުން އަތް ދޫކޮށްލައިގެން ފައި މަތީގައި އަތް ބާއްވާލައިގެންނެވެ.
ވީޑިއޯގައި ފެންނަ ގޮތުގައި ކުއްޖާ އިނީ ސްކޫލު ޔުނިފޯމުގަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ސައިކަލު ދުއްވި މީހާ ވަނީ ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފަ ކަމަށެވެ. އަދި ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ޓްރެފިކް ގާނޫނާ ހިލާފުވި މައްސަލާގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފޮނުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
"މި މައްސަަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދެން،" އޮފިޝަލް ވިދާޅުވި އެވެ.
މިއަދު އާންމުވި އެ ވީޑިއޯއާ ގުޅިގެން، ރައްކާތެރިކަމަށް ނުބަލައި ސައިކަލް ދުއްވުމުން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ އެ މީހާ އަށް ފާޑުކިޔައި، ފިޔަވަޅު އަޅަން ގޮވަމުންނެވެ.
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި
އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ
އެއްޗެއް ގޮވިކަމުގެ ނިޝާނެއް ނެތް: އެމްއެންޑީއެފް
ގަވައިދާ ހިލާފަށް މީހުން އެރުވި އުޅަނދެއް ޓޯކޮށްފި