ފޯނުން ގޭމު ކުޅެމުން ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، ލައިސަންސާއި ސައިކަލު އެއް މަހަށް ހިފަހައްޓައިފި އެވެ.
14 މެއި 2025
ފޯނުން ގޭމު ކުޅެމުން ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، ލައިސަންސާއި ސައިކަލު އެއް މަހަށް ހިފަހައްޓައިފި އެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ މީހަކު ސައިކަލު ދުއްވަމުން ފޯނުން ގޭމު ކުޅެން އިން މަންޒަރެވެ. އަދި އޭނާގެ ފަހަތުގައި އޭރު ސައިކަލުގައި އެހެން ވެސް މީހަކު އިނދެ އެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު، އެމީހާގެ ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އޭނާ ވަނީ 2،000ރ. އިން ވެސް ޖޫރިމަނާކޮށްފަ އެވެ.
ފުލުހުން ވަނީ މަގު ބޭނުންކުރާ އެންމެން ވެސް ސަލާމަތާއި ރައްކާތެރިކަމަށް ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!
ގަވައިދާ ހިލާފަށް މީހުން އެރުވި އުޅަނދެއް ޓޯކޮށްފި
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި
ސްޓިކާއިން ފުލުހުން ބަދުނާމުވާތީ ސީޕީގެ ކަންބޮޑުވުން
ކުއްލިއަކަށް ޖެހި ސްޓިކާތަކަށް ފުލުހުންގެ ޖަވާބު!
ބަހަށް އުނދަގޫވާތީ 538 ވެހިކަލްގައި ސްޓިކާ ޖަހައިފި
ބާރަށް ދުއްވި ދެ ސައިކަލް ހުއްޓުވުމުން ހަމަލާ ދީފި
ބާރަށް ދުއްވި 41 މީހަކު މިދިޔަހަފުތާގައި ހިފެހެއްޓި
މަގުތަކުން 400 އަށް ވުރެ ގިނަ އުޅަނދު ނަގައިފި