11 ސެޕްޓެމްބަރ 2022
މާލޭގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފެށި މިނީ ބަހުގެ ހިދުމަތަށް ދަތިވާ ގޮތަށް ޕާކު ކޮށްފައިވާތީ މިދިޔަ ފަސް ދުވަހުގެ ތެރޭގައި 538 ވެހިކަލެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހައިފި އެވެ.
މާލޭގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފެށި މިނީ ބަހުގެ ހިދުމަތަށް ދަތިވާ ގޮތަށް ޕާކު ކޮށްފައިވާތީ މިދިޔަ ފަސް ދުވަހުގެ ތެރޭގައި 538 ވެހިކަލެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހައިފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 538 ވަޔަލޭޝަން ސްޓިކާ ޖަހާފައިވާއިރު 30 ސައިކަލާއި އެއް ކާރު ޓޯ ކުރި އެވެ.
ފުލުހުން ބުނީ މާލޭގައި މިނީ ބަސް ރޫޓުގައި ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.
ބަސް ރޫޓަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވަޔަލޭޝަން ސްޓިކާ ޖަހާނެ ކަމަށާއި ޓޯ ކުރަން ޖެހޭ ހާލަތުގައި ޓޯ ކުރާނެ ކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި މަޖީދީ މަގާއި އަމީނީ މަގުގައި ވަނީ ޕާކުކުރުން މަނާކޮށްފަ އެވެ. ނަމަވެސް އާންމު ދުވަސް ދުވަހުގެ ބައެއް ގަޑިތަކުގައި މަޖީދީ މަގުގެ ޓްރެފިކް އާދަޔާ ހިލާފަށް ބާރު ބޮޑުވާކަން މިހާރު ވެސް ފާހަގަކުރެވެ އެވެ.
ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށް ތިން ރޫޓަކަށް މާލޭގައި ބަސް ދަތުރުކުރާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފަ އެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ފެށުމާއެކު ޓްރެފިކްގެ ކަންކަން މެނޭޖްކުރުމަށް މަގުތަކުގައި ފުލުހުން ގަވާއިދުން ތިބެ އެވެ.
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
ބާރަށް ދުއްވި ދެ ސައިކަލް ހުއްޓުވުމުން ހަމަލާ ދީފި
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
ގަވައިދާ ހިލާފަށް މީހުން އެރުވި އުޅަނދެއް ޓޯކޮށްފި
ޓްރެފިކް މެނޭޖުކުރަން ބައެއް މަގުތައް ބަންދު