03 ނޮވެމްބަރ 2024
ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ޕޮލިހަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ޕޮލިހަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދި ވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1000 ފުލުހުން ބޭނުންވާ ކަމަށެވެ.
"ޖުމްލަ ފަސް ހާހެއްހާ ޒުވާނުން، މި ދެންނެވި ގޮތަށް ވަޒީފާ ހޯދުމުގެ ފުރުސަތު ނުލިބިފައި، ތައުލީމް އެކަށީގެންވާ ވަރަކަށް ނުލިބި މަގުމައްޗަށް ގިނަވާ ކުދިންނަށް މި ފުރުސަތު ހޯދައިދެވި، ރަނގަޅު ބަޔަކަށް ހެދިއްޖެއްޔާ އެ ލިބެނީ ވަޒީފާގެ ފުރުސަތު ވެސް ދެވިގެންދަނީ، މި ދެންނެވި ފަދައިން ސިފައިންގެ މަސައްކަތަށް ވެސް ގިނަ ބަޔަކު ލިބިގެންދޭ،" ރައީސް ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެކަނބަލުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"..ރާއްޖޭގައި ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ގޮތުގައި މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ޕްރޮގްރާމް ވެގެން ދާނީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު، އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި ނޫނީ ތައުލީމް ހާސިލްކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖެއްވިއްޔާ މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ."
އެ މަނިކުފާނު ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވެގެން ތަމްރީނު ރެކްރޫޓްމަންޓް ޕްރޮގްރާމް ނިންމުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ އިދާރާއިން ވަޒީފާ ލިބޭނެ ކަމަށެވެ.
އޯ ލެވެލް ނިންމުމަށްފަހު އޭ ލެވެލްއަށް ވަދެވޭ ވަރަށް ކޮންމެ އަހަރަކު ވެސް 2،000-3،000 ދަރިވަރުން ފާސްނުވާ ކަމަށާއި އަދި އޭ ލެވެލް ނިންމާފައި ޑިގްރީއަށް ނުފެށޭ 500-1000 ކުދިން އެބަތިބި ކަމަށް ވިދާޅުވި އެވެ.
އުމުރުން 16 އަހަރުވުމަށްފަހު، އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި ނޫނީ ތައުލީމް ހާސިލްކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖެއްވިއްޔާ މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ
ރަނގަޅު ނަތީޖާ ނުލިބޭތީ ވަޒީފާއެއް ނުލިބުނަސް، ގާނޫނު އޮތްގޮތުން ސިފައިންގެ ހިދުމަތަށް އެ ކުދިން ނުނެގޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެކަށީގެންވާ ތައުލީމު ނެތުމާއި ޑްރަގްގެ ވަބާގައި ޖެހުމުންދާތީ މުޖުތަމައު އަދި ސަރުކާރުން އުފުލާ ބުރަ ބޮޑުވެ، އިގުތިސޯދަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރަނގަޅު ތަރުބިއްޔަތު ދެވި، މިލިޓަރީ ތަމްރީނު ދެވިއްޖެނަމަ އެ މީހުންނާއި އެ އާއިލާއަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ. އެހެންވެ، ސަރުކާރުން ވަނީ، ގާނޫނެއް ހަދައި ގައުމީ ހިދުމަތުގެ ނަމުގައި ވަކި ޕްރޮގްރާމެއް ފަށަން ނިންމައިފަ އެވެ. އޭރުން ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން، 16 އަހަރުވުމުން ސިފައިންގެ ނުވަތަ ފުލުހުންގެ ތަމްރީނު ހަދައި ވަޒީފާ ލިބޭނެކަން ފާހަގަކުރެއްވި އެވެ.
އެ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުން ވަނީ 400 މިލިއަން ރުފިޔާ ކަނޑައަޅަން ނިންމައިފަ އެވެ. އެއަށްފަހު، ކޮންމެ އަހަރަކު ވެސް އެކަމަށް އެކަނި 400 މިލިއަން ރުފިޔާ އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކުރަން ކަންކަން ކުރޭ
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
މޫސާ އަލީ ޖަލީލަށް އަސްކަރީ އިއްޒަތް އަރުވައިފި
ސިފައިންގެ އާ ޗީފަކަށް ހިލްމީ، ވައިސް އަކަށް ގިޔާސް
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
ސިފައިންގެ އިތުބާރާ ގުޅިފައި ވަނީ އަޚުލާގާ: ރައީސް
ޓެރަރިސްޓް ހަމަލާތަކަށް ހުޝިޔާރުވާންޖެހޭ: އާދަމް ޝަރީފް