މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
24 ނޮވެމްބަރ 2024
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާގެ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި މިއަދު އަތުލައިގަތުމާ އެކު، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތް ކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް،" އަމިއްލަ ދަތުރުފުޅެއްގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މި ދާއިރާއިން ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަން."
ފުލުހުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.
އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިފެހެއްޓި އެ ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުންނެވެ. ކޯސްޓުގާޑާއި ފުލުހުން ގުޅިގެން އެ ބޯޓު ވަނީ މިއަދު ހެނދުނު ހދ. ކުޅުދުއްފުށީ ބަނދަރަށް ގެންގޮސްފަ އެވެ.
ކުޅުދުއްފުށީ ޕޮލިސްގެ ފުލުހުން އެ އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފަ އެވެ. އެ ތަކެތީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، އޭގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން އެބަހުއްޓެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ސީޕީ ޝުޖާއު ވިދާޅުވި އެވެ.
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ރާއްޖެއަށް ޑްރަގް ގެނައި އީރާނުގެ ބޯޓެއް އަތުލައިގެންފި
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ބޯޑަރު މިއޮތީ ހުހަށް: ބޭނުން އެއްޗެއް އެތެރެކުރެވިދާނެ
އީރާނުގެ ބޯޓުގެ ދަލެއްގެ ތެރެއިން ޑްރަގް ފެނިއްޖެ
އީރާނުގެ ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނުނު
ފަހަރަކު ބޯޓެއް، މަސްތުވާތަކެތިން ފުރިފައި!
ދެ ފުލުހުންނާއި ސިފައިންގެ މީހާގެ ބަންދަށް ހަ ދުވަސް