އޮމާންކަމާއެކު ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތަށް އިންތިޒާމްތައް ފުރިހަމައަށް ހަމަޖެއްސުމުން ސައުދީ އަރަބިއްޔާގެ ސަރުކާރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
17 ޖޫން 2024
އޮމާންކަމާއެކު ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތަށް އިންތިޒާމްތައް ފުރިހަމައަށް ހަމަޖެއްސުމުން ސައުދީ އަރަބިއްޔާގެ ސަރުކާރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
އެ ގައުމުގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ފޮނުއްވި ސިޓީގައި ރައީސް ވަނީ ހައްޖުގެ މަތިވެރި މި ދުވަސްވަރު އޯގާތެރިކަމާއި ދީލަތިކަން އަދި އެއްބައިވަންތަކަމުގެ އުސޫލުތައް މުސްލިމް އުއްމަތުން ދަމަހައްޓައި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން މި އުއްމަތަށް މިންވަރު ކުރެއްވުން އެދި ދުއާކުރައްވައިފަ އެވެ.
އަޟްހާ ޢީދުގެ އުފާވެރި މުނާސަބަތުގައި ވަލީއަހުދާއި ސައުދީ ސަރުކާރަށު އަދި ސައުދީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ އަދި ހެޔޮއެދުންތައް ފޮނުއްވި ކަމަށް، ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.
ރައީސްގެ ސިޓީފުޅު ނިންމަވާލައްވަމުން ވަނީ ވަލީއަހުދާއި ސައުދީ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން އެދިވަޑައިގަންނަވާފަ އެވެ.
ރާއްޖެ އިން މި އަހަރު 1،150 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ ނިޔާވެފަ އެވެ. ބާކީ ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
500 ހައްޖު ކޯޓާ އަށް ހަދާ ގޮތެއް އަދިވެސް ނޭނގެ!
ރައީސް، ސައުދީގެ ހައްޖު މިނިސްޓަރާ ބައްދަލުކުރައްވައިފި
ރައީސް، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
ސައޫދީގެ ރަސްގެފާނަށް ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު
"ސައޫދީން ބާއްވަނީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް"
ހައްޖުވެރިންނަށް ދިރާގުން ހެޔޮ އަގުގައި ރޯމިން ހިދުމަތް
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވަނީ
މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުން
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި