Roadha Mihaaru
ހަންގޭރީ އަތްދަށުލައި ސްވިޒަލެންޑަށް ފެށުން ކާމިޔާބު

ހަންގޭރީ އަތްދަށުލައި ސްވިޒަލެންޑުން، ޖަރުމަނުގެ ފަހަތުގައި ވިއްދައިފި

15 ޖޫން 2024

ކޮލޯން (ޖޫން 15) - ހަންގޭރީގެ މައްޗަށް ކާމިޔާބު ހޯދައި، ޖަރުމަނުގެ ފަހަތުން ގުރޫޕްގެ ދެވަނައިގައި ސްވިޒަލެންޑް ވިއްދައިފި އެވެ.

ކޮލޯން (ޖޫން 15) - ހަންގޭރީގެ މައްޗަށް ކާމިޔާބު ހޯދައި، ޖަރުމަނުގެ ފަހަތުން ގުރޫޕްގެ ދެވަނައިގައި ސްވިޒަލެންޑް ވިއްދައިފި އެވެ.

މެޗުގެ ފުރަތަމަ ހާފަުގައި، ސްވިޒަލެންޑުން މެޗުގެ ނަތީޖާ ކަނޑައެޅި އެވެ. ދެ ލަނޑުގައި ވެސް އެ ޓީމުގެ މިޝޭލް އަބީޝާ ހިއްސާވި އެވެ.

ފުރަތަމަ ލަނޑު ސައްހަ ނޫން ކަމަށް މެޗުގެ ރެފްރީ ސްލަވްކޯ ވިންޗިޗް ނިންމި އެވެ. ފުރަތަމަ ލަނޑު ކްވަޑްވޯ ޑުއާ ޖެހީ އަބީޝާ ދިން ފުރުސަތަކުންނެވެ. އޭނާ ލަނޑު ޖަހަން ބޯޅަ ލިބުނު އިރު އޮފްސައިޑް ވެފައިވާ ކަމަށް ލައިސްމަން އޮތީ ދިދަ ނަގައިގެންނެވެ. ގޯލްގެ ތެރެއަށް ބޯޅަ ވައްދާލުމަށް ފަހު އުފާފާޅު ކުރަން ދުއްވައިގަތް ނަމަވެސް ލައިސްމަން އޮފްސައިޑް ދިދަ ނަގައިގެން ހުރުމުން މާޔޫސްވެގެން އުފާފާޅު ކުރުން އޭނާ ހުއްޓާލި އެވެ.

އެކަމަކު ފަހުން ވީއޭއާރް ބަލައިގެން އޮފްސައިޑް ނުވާ ކަމަށް ކަނޑައެޅުމުން ޑުއާ ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ.

އެ ޓީމުގެ ދެވަނަ ލަނޑު 45 ވަނަ މިނެޓްގައި އަބިޝާ ޖެހީ ރީމޯ ފްރެއިލާ ދިން ބޯޅަ އޭރިއާގެ ބޭރުން ކޮންޓްރޯލްކޮށްލުމަށް ފަހު ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި ސްވިޒަލެންޑްގެ ކީޕަރު ޔޭޏް ސޮމާ އަށް ނުރައްކާތެރި ގިނަ ބޯޅަތަކެއް ސަލާމަތް ކުރާކަށް ނުޖެހުނެވެ. އެކަމަކު ދެވަނަ ހާފުގައި އޭނާގެ ގޯލަށް ހަންގޭރީން ބާރުބޮޑު ކުރި އެވެ. އެ ޓީމުން ލަނޑު ޖެހުމުގެ ކުރިން ހިލޭ ޖެހުންތަކުގައި އުފެއްދި ފުރުސަތުތަކުން ހެންގޭރީގެ ހަމަލާތައް ނުރައްކާ ކުރި އެވެ.

ހަންގޭރީގެ ލަނޑު، ބާނަބަސް ވާގާ ޖެހީ ޑޮމިނިކް ސޮބޯސްލައި ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ސްވިޒަލެންޑްގެ ތިންވަނަ ލަނޑު ޖެހީ، މެޗުގެ އިތުރު ވަގުތުގައި ޖެހީ ބްރީލް އެމްބޯލޯ އެވެ.

ހަންގޭރީ އަށް ސްވިޒަލެންޑް ބަލި ނުކުރެވޭތާ 26 އަހަރު ވެއްޖެ އެވެ. އެ ގައުމުން އެންމެ ފަހުން ހަންގޭރީ ބަލި ކުރީ ނޮވެމްބަރު 1998 ގަ އެވެ.