Roadha Mihaaru
ޔޫރޯއަށް އެމްއެޗްއޭގެ ޕްރޮމޯޝަނެއް

ޔޫރޯ އަށް އެމްއެޗްއޭގެ ޕްރޮމޯޝަނެއް

08 ޖޫން 2024

މި މަހު ފަށާ ޔޫރޯ 2024 ގެ ފޯރިއާ ގުޅުވައިގެން އެމްއެޗްއޭގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި މަހު ފަށާ ޔޫރޯ 2024 ގެ ފޯރިއާ ގުޅުވައިގެން އެމްއެޗްއޭގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެއީ އެ ފިހާރަ އިން އެތެރެކޮށް، ވިއްކާ ޑރ. އޮޓްކާ ފްރޯޒަން ޕިއްޒާ ގަންނަ ކޮންމެ ކަސްޓަމަރަކަށް އެފްއެންޑްބީ އައިސް ކްރީމް ސޮޑާ ދަޅެއް ލިބޭ ޕްރޮމޯޝަނެކެވެ.

އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ އިތުރުން އެމްއެޗްއޭ އިން މިހާރު ފަށާފައިވާ ލޯޔަލްޓީ ޕްރޮގްރާމުން ލިބޭ ޕޮއިންޓުތައް ރިޑީމްކޮށް، ވިޔަފާރިތަކުން ޑިސްކައުންޓު ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ވެސް އެ ފިހާރައިގެ މެނޭޖުމަންޓުން ބުންޏެވެ. އެ ޕްރޮގްރާމުގެ ބޭނުން ހިފައި، ހެޔޮ އަގުގައި ވިއްކާ މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ގަނެވޭނެކަން އެމްއެޗްއޭ އިން ފާހަގަކުރި އެވެ.

އެމްއެޗްއޭ އަކީ ރާއްޖޭގައި މަގުބޫލު ގިނަ ބްރޭންޑުތަކެއް ވިއްކާ ފިހާރަ އެކެވެ. އެ ފިހާރައިން މި ދިޔަ އަހަރު ވިއްކަން ފެށި ޑރ. އޮޓްކާ ފްރޯޒަން ޕިއްޒާގެ ނުވަ ވައްތަރެއްގެ ޕިއްޒާ ވިއްކަ އެވެ.