Roadha Mihaaru
ލިވިންއެކްސްޕޯގައި ޕްރޮކްސީގެ ސްޓޯލުން ހާއްސަ އޮފާތަކެއް

ލިވިން އެކްސްޕޯގައި ޕްރޮކްސީގެ ސްޓޯލުން ހާއްސަ އޮފާތަކެއް

07 އޯގަސްޓް 2024

މި އަހަރުގެ ލިވިން އެކްސްޕޯގައި ހާއްސަ އޮފާތަކެއް ލިބޭ ސްޓޯލެއް ހުޅުވަން ޕްރޮކޮސީން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ ލިވިން އެކްސްޕޯގައި ހާއްސަ އޮފާތަކެއް ލިބޭ ސްޓޯލެއް ހުޅުވަން ޕްރޮކޮސީން ނިންމައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މާދަމާ ހަވީރު ހުޅުވާ ލިވިން އެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް ކުރިއަށް ގެންދާނެ އެވެ.

މި އެސްޕޯގައި މި އަހަރު ޕްރޮކްސީން ބަހައްޓާ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންނަށް ޑިސްކައުންޓު ކޫޕަނާއި ހަދިޔާގެ އިތުރުން ގިނަ އޮފާތަކެއް ވެސް ލިބޭނެ އެވެ. އެ އޮފާތަކުގެ ތެރޭގައި ހިމެނެނީ:

- އެޗްޑީސީ ހައުސިން ޕްރޮޖެކްޓުތަކުގެ އިންޓީރިއާއަށް ހާއްސަ ޑިސްކައުންޓު ރޭޓެއް.

- ފަރުނީޗަރު ކަސްޓަމައިޒް ކުރުމަށް ހާއްސަ އަގުތަކެއް.

- ޕްރޮކްސީގެ ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު.

- ގެސްޓު ހައުސް އާއި ހޮޓާތަކުގެ އިންޓީރިއާ ހެދުމަށް ބުކިން ހައްދާ މީހުންނަށް ޑިސްކައުންޓެއް.

- ކޮމާޝަލް ޖާގަތަކުގައި ފިހާރަ، ކެފޭ އަދި އޮފީސް ފަދަ ތަންތަން ހެދުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ބޯނަހާއި ޑިސްކައުންޓު.

މިއީ މި އަހަރުގެ އެކްސްޕޯގެ ތީމް "ޑިޒައިން އެންޑް ބިލްޑް" އާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ އޮފާތަކެއް ކަމަށް ޕްރޮކްސީން ބުންޏެވެ. މި އޮފާތަކުގެ އިތުރުން އެ ސްޓޯލުން ޕްރޮކްސީގެ ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ޕްރޮކްސީއިން ކުރީ އަހަރުގެ ލިވިންގް އެކްސްޕޯގައި ބެހެއްޓި ސްޓޯލު ބަޔަކު ބަލަނީ.

ޕްރޮކްސީއިން ކުރީ އަހަރުގެ ލިވިންގް އެކްސްޕޯގައި ބެހެއްޓި ސްޓޯލު ބަޔަކު ބަލަނީ.

ޕްރޮކްސީން ބުނީ އެ ކުންފުނިން ކަސްޓަމަރުން އެދޭ ގޮތަށް ކަސްޓަމައިޒްޑް އިންޓީރިއާ ޑިޒައިނިންގެ ހިދުމަތް ދޭ ކަމަށެވެ.

ޕްރޮކްސީ ގްރޫޕަކީ ރާއްޖޭގައި ޑިޒައިން އެންޑް ބިލްޑިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ގޭގެ އާއި އެޕާޓްމަންޓުތަކުން ފެށިގެން އޮފީސްތަކާއި ރިސޯޓްތަކުގެ ޑިޒައިނާއި ބިލްޑްގެ މަސައްކަތްތައް ކުރެ އެވެ.