ރާއްޖޭގެ ވޯޓާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ލިބިއްޖެ އެވެ.
02 ޖޫން 2024
ރާއްޖޭގެ ވޯޓާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ލިބިއްޖެ އެވެ.
އެ ޖަމާއަތުން އިއްޔެ ބޭއްވި އަހަރީ އާއްމު ބައްދަލުވުމުގައި 177 ގައުމުގެ ތެރެއިން، ރާއްޖެ ވެސް ހިމެނޭ ގޮތަށް 101 ގައުމަކުން ވަނީ ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ތާއިދުކޮށްފަ އެވެ. އެކަމަށް ދެކޮޅު ހެދީ ފަސް ގައުމަކުންނެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެއީ ރާއްޖެ އިން ކޯ ސްޕޮންސަ ކޮށްގެން ހުށަހެޅި ގަރާރެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޑަބްލިއުއެޗުއޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުން ދައްކައި ދިނީ ގިނަ ގައުމުތަކުން ތިބީ ފަލަސްތީނާ އެކު ކަން ކަމަށެވެ. ރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް ވަކާލާތުކުރުން މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ، ނިކަރާގު އަދި ވެނިޒުއޭލާގެ ބައިވެރިވުމާއެކު އަރަބި އަދި މުސްލިމް ގައުމުތަކުން ހުށަހެޅި ގަރާރުގައި ވަނީ ޑަބްލިއުއެޗްއޯގައި މިހާރު ވެސް އޮބްޒާވަރުގެ ދަރަޖަ ދީފައިވާ ފަލަސްތީނަށް ފުރިހަމަ މެމްބަރުންނާ އެއްވަރުގެ ހުރިހާ ހައްގެއް ދިނުމަށް ގޮވާލައިފަ އެވެ.
އެއާއެކު، ވޯޓު ދިނުމުގެ ހައްގު ފިޔަވައި، މެމްބަރު ގައުމުތަކަށް ލިބޭ ހުރިހާ ހައްގެއް ދިނުމަށް ފާސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގަރާރުތައް ހުށަހެޅުމާއި އިސްލާހުތައް ހުށަހެޅުން އަދި ކޮމިޓީތަކުގައި ބައިވެރިވުން ހިމެނެ އެވެ. ނަމަވެސް، ބޭރުގެ ޚަބަރުތައް ބުނާގޮތުން، ޖެނީވާގައި ބޭއްވި އާއްމު މަޖިލީހުގައި ފަލަސްތީނުގެ އޮފިޝަލުންނާއި އެ މީހުންނަށް ތާއީދުކުރާ ފަރާތްތަކުން ފުރިހަމަ މެމްބަރުކަމަށް އެދުމަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
އޭގެ ސަބަބެއް ކަމަށް ލަފާކޮށްފައިވަނީ ފަލަސްތީނުގެ ފުރިހަމަ މެމްބަރުކަމަށް ނަގާ ވޯޓަކުން ޑަބްލިއުއެޗްއޯ އަށް އެމެރިކާއިން ދޭ ފައިސާ ވަގުތުން މެދުކަނޑާލާނެ ކަމުގެ ބިރު އޮތުމުންނެވެ.
ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ލިބުނުއިރު، އދ. އިން ވަނީ މި މަހު ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ޖަމާއަތުގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ވެސް ފާސްކޮށްފަ އެވެ.
ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ފަލަސްތީނުގެ ސިއްހީ މައްސަލައަށް ރިއާޔަތްކުރަން ވޯޓު ދީފަ އެވެ.
"ފަލަސްތީނަށް ތާއީދު އިތުވެފައިވާކަން ރަމްޒުކޮށްދީފި"
ފަލަސްތީނު ދައުލަތް ބަލައިގަތް ގަރާރަށް ރާއްޖޭގެ ވޯޓު
ފަލަސްތީން ކޭމްޕަށް ފުރިހަމަ ސަޕޯޓް ދޭނަން: މިނިސްޓްރީ
ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރަން އެދިވަޑައިގެންފި
ފަލަސްތީނު ޓީމުގެ ތަމްރީނު ރާއްޖޭގައި ބާއްވަން އެދިއްޖެ
އިޒްރޭލުގެ އަމަލުތައް ނުހުއްޓުވާތީ ރާއްޖޭގެ ކަންބޮޑުވުން
އިޒްރޭލުގެ އަނިޔާވެރިކަމާދެކޮޅަށް ގިނަ ބަޔަކު އެއްވެއްޖެ
އިޒްރޭލްގެ އަނިޔާވެރިކަމާ ދެކޮޅަށް ބޮޑު އެއްވުމެއް
"ފަލަސްތީނަށްޓަކައި ތެދުވަން ނަމޫނާ ދެއްކީ ރާއްޖޭން"
ޣައްޒާ ހިފަން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި