Roadha Mihaaru
ގަތަރު އެއާވޭސްގެ ބޯޓެއް ޓާބިއުލަންސެއްގައި ޖެހިއްޖެ

ގަތަރު އެއާވޭސްގެ ބޯޓެއް ޓާބިއުލަންސެއްގައި ޖެހި، ބަޔަކަށް އަނިޔާވެއްޖެ

26 މެއި 2024

ގަތަރު އެއާވޭސްގެ ފްލައިޓެއް ޓާބިއުލަންސެއްގައި ޖެހި، ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއް ޓާބިއުލަންސެއްގައި ޖެހި، ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއް ޓާބިއުލަންސެއްގައި ޖެހުނީ ގަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެން ޑަބްލިންއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ހަ ޕަސިންޖަރަކާއި ބޯޓުގެ ހަ ކްރޫއަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.

ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ގަތަރު އެއާވޭސްއިން ބުންޏެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއް ޓާބިއުލަންސެއްގައި ޖެހުނުއިރު، ދާދިފަހުން ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް ޓާބިއުލަންސެއްގައި ޖެހި، ބޯޓުން ދަތުރުކުރި އެކަކު މަރުވެ އަދި އެތައް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.