19 ޖުލައި 2020
ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ގަތަރު އެއާވެސްގެ އޭއާބަސް އޭ380 ގެ ދަތުރުތައް ނުފަށަން ނިންމައިފި އެވެ.
ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ގަތަރު އެއާވެސްގެ އޭއާބަސް އޭ380 ގެ ދަތުރުތައް ނުފަށަން ނިންމައިފި އެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ މިވަގުތު ވައިގެ ދަތުރުފަތުރުގެ މާކެޓު އޮތް ހާލަތަށް ބަލަައި ދަތުރުތަކަށް އެހާ ބޮޑު ބޯޓެއް ބޭނުން ކުރުމަކީ ތިމާވެށީގެ ރައްކާތެރިކަމާއި ވިޔަފާރީގެ ގޮތުން އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އަދިވެސް ވަނީ އެ ގައުމުތަކުން ބޭރަށް ދަތުރުކުރުން މަނާ ކޮށްފަ އެވެ. އަދި ކޮވިޑް-19އާ ގުޅިގެން ޗުއްޓީ ހޭދަ ކުރުމަށާއި ވިޔަފާރީގެ ކަންކަމުގައި ދަތުރު ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ގަތަރު އެއާވޭސް އިން ބުނީ އެ އެއާލާއިނުން އޭ380 ގެ ދަތުރުތައް ނުފެށި ނަމަވެސް އެއްވެސް ކަސްޓަމަރަކަށް ދަތި ނުވާނެ ކަމަށެވެ. އެގޮތުން ކޮމާޝަލް ދަތުރުތަކަށާއި ކާގޯ ދަތުރުތަކަށް އޮތް ޑިމާންޑަށް ބަލައި އެ އެއާލައިންގެ އެއާބަސް އޭ350 އާއި ބޮއިންގް 787ގެ ބޯޓުތައް ބޭނުން ކުރާނެ ކަމަށް ބުންޏެވެ.
އެ އެއާލައިނުގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކްރު ވިދާޅުވީ ގަތަރު އެއާވޭސް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުތައް ކުރުމަށް ކަމަށެވެ. އަދި އެ އެއާލައިނުގެ ފްލީޓުގެ ސަބަބުން މި ހާލަތުގައި ވެސް ކަސްޓަމަރުންނަށް ދަތިނުވެ، މެދުކެނޑުމެއްނެތި ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އޮތް މާކެޓަށް ބަލައި އެންމެ ރަނގަޅު ގޮތަކީ އޭ350 އާއި ބޮއިންގް 787 ބޭނުންކުރުން. އޭ380 ގެ ދަތުރުތައް ދެން ފަށާނީ މިކަންތައްތައް ހައްލުވެ މާކެޓުގައި ޑިމާންޑު އިތުރުވުމުން." އަކްބަރު އަލް ބަކްރު ވިދާޅުވި އެވެ.
އެއާބަސް އޭ380ގެ ދަތުރުތައް މެދުކަނޑާލުމުން އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް ގަތަރު އެއާވޭސްގެ ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން، އެ އެއާލައިނުގެ އޭ350 ގެ ބޯޓަކުން އެއް ގަޑިއިރުތެރޭ އޭ380 އާ އަޅާ ބަލާއިރު ތިމާވެއްޓަށް ދޫކުރާ ވިހަ ގޭހުގެ 16 ޓަނު ސަލާމަތް ކުރެވެ އެވެ. އެހެންކަމުން އެ ބޯޓުތަކުގެ ދަތުރުތައް މެދުކަނޑާލުމުން ތިމާވެއްޓަށް ކުރާ އަސަރު ވެސް ކުޑަވާނެ ކަމަށް އެ އެއާލައިނުން ލަފާ ކުރެ އެވެ.
ގަތަރު އެއާވޭސްގެ ފްލީޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފްލީޓެވެ. އެ ފްލީޓުގައި އޭ350 ގެ 49 ބޯޓު އޮތް އިރު ބޮއިންގް 787 ގެ 30 ބޯޓު އޮވެ އެވެ.
ގަތަރު އެއާވޭސްގެ ބޯޓެއް ޓާބިއުލަންސެއްގައި ޖެހިއްޖެ
ގަތަރު އެއާވޭސްއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަނީ
އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެއާލައިނަކީ ގަތަރު
ގަތަރު އެއާވޭސް އިން ޓީޗަރުންނަށް ހިލޭ ޓިކެޓު ދެނީ
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް ފުޅާކުރަނީ
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
ސްރީ ލަންކަން އެއާލައިންސް ވިއްކާލަނީ
ބިއޯންޑަށް ސީއޭއެމްއޯ އެޕްރޫވަލް ދީފި