Roadha Mihaaru
ގަތަރު އެއާވޭސްގެ ބޮޑު ޕްރޮމޯޝަންތަކެއް ފަށައިފި

ގަތަރު އެއާވޭސްގެ ބޮޑު ތިން ޕްރޮމޯޝަނެއް ވިލާ ޓްރެވެލްސް އިން ފަށައިފި

09 ޖެނުއަރީ 2020

ގަތަރު އެއާވޭސް އިން ބޮޑެތި ޑިސްކައުންޓް ލިބޭ ތިން ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށް ވިލާ ޓްރެވެލްސް އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގަތަރު އެއާވޭސް އިން ބޮޑެތި ޑިސްކައުންޓް ލިބޭ ތިން ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށް ވިލާ ޓްރެވެލްސް އިން މިއަދު ބުނެފި އެވެ.

މީގެ ތެރެއިން އެއް ޕްރޮމޯޝަންގައި އިކޮނޮމީ އާއި ބިޒްނަސް ކްލާހުގެ ޓިކެޓުން 30 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. ދެވަނަ ޕްރޮމޯޝަންގައި 2-8 މީހުން ދަތުރުކުރާ ގްރޫޕުތަަކަށް ހާއްސަ ޑިސްކައުންޓްތައް ލިބޭނެ އެވެ. ތިން ވަނަ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދުރާލާ ޓިކެޓް ބުކް ކުރާ މީހުންނަށެވެ.

މި ތިން ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނީ، ހާއްސަ ކުރެވިފައިވާ ޑެސްޓިނޭޝަންތަކަށެވެ.

ގަތަރު އެއާވޭސްގެ ރިޒަވޭޝަން ހެދުމާއި ޓިކެޓް ވިއްކުމުގެ ހިދުމަތް ދޭ ވިލާ ޓްރެވެލްސްގެ ސޭލްސް މެނޭޖާ އައިމިނަތު އަޒްމީލާ ވިދާޅުވީ، ވިލާ ޓްރެވެލްސް އިން މި ހާއްސަ ޕްރޮމޯޝަންތަކުގެ ދަށުން ޓިކެޓް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަން ހިނގާ މަންޒިލްތަކުގެ މައުލޫމާތު ވިލާ ޓްވެރެލްސް އިން ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 6 އިން 12 ގެ ނިޔަލަށެވެ. މި މުއްދަތުގައި، އަންނަ ޑިސެމްބަރު މަހުގެ 10 ގެ ކުރިން ދަތުރުކުރާ މީހުންނަށް ޓިކެޓް ނެގޭނެ އެވެ.

ގަތަރު އެއާވޭސްގެ ޓިކެޓުގެ އިތުރުން އެއާ އިންޑިއާ، ސްރީ ލަންކަން، ޗައިނާ އީސްޓާން، ޗައިނާ ސަދަން، ޝަންހާއީ އެއާލައިންސް، ހޮންގް ކޮންގް އެއާލައިން އަދި މެލޭޝިއާ އެއާލައިން ފަދަ ބޮޑެތި އެއާލައިންތަކުގެ ޓިކެޓް ޓިކެޓް ވިލާ ޓްރެވެލްސް އިން ގަނެވޭނެ އެވެ.