Roadha Mihaaru
ގަތަރު އެއާވޭސްގެ ޓިކެޓު، ވިލާ އިން ވިއްކަން ފަށައިފި

ގަތަރު އެއާވޭސްގެ ޓިކެޓު، ވިލާ ޓެރެވެލްސް އިން ވިއްކަން ފަށައިފި

28 ޑިސެމްބަރ 2019

ގަތަރު އެއާވޭސްގެ ރިޒަވޭޝަން ހަދައި ދިނުމާއި ޓިކެޓް ވިއްކުމުގެ ހިދުމަތް ވިލާ ޓްރެވެލްސް އިން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގަތަރު އެއާވޭސްގެ ރިޒަވޭޝަން ހަދައި ދިނުމާއި ޓިކެޓް ވިއްކުމުގެ ހިދުމަތް ވިލާ ޓްރެވެލްސް އިން ފަށައިފި އެވެ.

ވިލާ ޓްރެވަލްސް އިން ބުނީ ގަތަރު އެއާވޭސްގެ ދަތުރުތައް ކުރާ އެކި މަންޒިލްތަކަށް ޓިކެޓް ވިއްކުމުގެ ހިދުމަތާއި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެ އެއާލައިންގެ ޚާއްސަ ޕްރޮމޮޝަންތަކުގެ ޓިކެޓް ވިއްކާ އެންމެ ހެޔޮ އަގުގައި މިހާރު ޓިކެޓް ލިބޭނެ ކަމަށެވެ.

ގަތަރު އެއާވޭސްގެ ރިޒަވޭޝަން އަދި ޓިކެޓު ވިއްކުމުގެ ޚިދުމަތް ވިލާ ޓްރެވެލްސް އިން ފެށީ އެއީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވެސް އެތައް ބައެއްގެ މެދުގައި އެންމެ މަގުބޫލް، އިތުބާރު ހުރި ހިދުމަތެއް ދެމުން އަންނަ ބަޔަކަށް ވާތީ ކަމަށް ވިލާ ޓްރެވެލްސް އިން ބުނެ އެވެ.

އެ ކުންފުނިން ދެމުން އަންނަ ވައިގެ އުދުހުމުގެ ޓިކެޓިންގެ ހިދުމަތް އިތުރަށް ފުޅާކޮށް، އެއްފުރާޅެއްގެ ދަށުން ކަސްޓަމަރުން ބޭނުންވާ ގިނަ ކަންކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވިލާ އިން ބުނެ އެވެ.

ވިލާ ޓްރެވެލްސް އިން ބުނިގޮތުގައި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 ން 11:00 އަށް އެ އޮފީހުގެ ކައުންޓަރު ތަކުން ޓިކެޓު ވިއްކާނެ އެވެ. އަދި ރިޒަވޭޝަން ހެދުމަށާއި އޮންލައިން ސިސްޓަމް މެދުވެރިކޮށް ހިދުމަތް ބޭނުންވާ މީހުންނަށް އީމެއިލް އިން ހިދުމަތް ހޯދޭނެ ކަމަށް ވިލާ ޓްރެވެލްސް އިން ބުންޏެވެ.