Roadha Mihaaru
ގަތަރު އެއާވޭސްގެ ހާއްސަ ފެއާއެއް ވިލާ ޓްރެވަލްސްއިން!

ގަތަރު އެއާވޭސްގެ ހާއްސަ ފެއާއެއް ވިލާ ޓްރެވަލްސްއިން!

28 ޖެނުއަރީ 2020

ގަތަރު އެއާވޭސް އިން ބާލިން އަށް ދަތުރު ކުރާ މީހުންނަށް ވިލާ ޓްރެވަލްސް އިން ހާއްސަ ފެއާއެއް ކަނޑައަޅައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގަތަރު އެއާވޭސް އިން ބާލިން އަށް ދަތުރު ކުރާ މީހުންނަށް ވިލާ ޓްރެވަލްސް އިން ހާއްސަ ފެއާއެއް ކަނޑައަޅައިފި އެވެ.

މި ފެއާގެ ދަށުން 1010 ޑޮލަރު (15،574ރ.) އަށް ޖަރުމަނުގެ ބާލިންގެ ދެކޮޅު ޓިކެޓް ލިބޭނެ އެވެ. މި ފެއާގައި ދަތުރު ކުރެވޭނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ.

މި ފެއާގައި ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ބުކިން ހައްދަން ޖެހޭނެ އެވެ. މިއީ ބާލިން އަށް ދާ ދިވެހިންނަށް ހެޔޮ އަގުގައި ދަތުރު ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ވިލާ ޓްރެވަލްސް އިން ކަނޑައަޅާފައިވާ ފެއާ އެކެވެ.

ވިލާ ޓްރެވަލްސް އިން މި ފެއާ ކަނޑައަޅާފައި މިވަނީ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމުގައިވާ "އައިޓީބީ" ނުވަތަ ބާލިން ފެއާ ކުރިއަށްދާ ދަނޑިވަޅާ ދިމާކޮށްގެންނެވެ. ބާލިން ފެއާ އަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ޓޫރުޒަމް އިޝްތިހާރު ކުރުމަށް ގިނަ އަދަދެއްގެ ޓުއާ އޮޕްރޭޓަރުން ބައިވެރިވަމުން އަންނަ ފެއާއެކެވެ.