Roadha Mihaaru
އެންމެ ގިނަ ދުވަސްވީ ގޮރިއްލާ އަށް 65 އަހަރުވެއްޖެ

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ގޮރިއްލާ އަށް 65 އަހަރުވެއްޖެ

18 އެޕްރީލް 2022

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ކަމަށް ބެލެވޭ ގޮރިއްލާ އަށް 65 އަހަރުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ކަމަށް ބެލެވޭ ގޮރިއްލާ އަށް 65 އަހަރުވެއްޖެ އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގެ ޒުލެއްގައި މިހާރު ގެންގުޅޭ އެ ގޮރިއްލާ އަށް 65 އަހަރު ފުރުން ފާހަގަކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ފަތޫ ކިޔާ އެ ގޮރިއްލާގެ އުފަންދުވަހަށް އެ ޒުލުން ވަނީ، ބެރީސް އާއި މޭވާއިން ހަދައިފައިވާ ކޭކެއް ވެސް އެއަށް ކާން ދީފަ އެވެ.

ބާލިންގެ ޒުލަށް އެ ގޮރިއްލާ ގެންދިޔައީ 1959 ވަނަ އަހަރު އެވެ. އެ ގޮރިއްލާ އަކީ އެ ދުވަސްވަރު ޔޫރަޕުގައި އުޅުނު ދަތުރުވެރިއަކު އޭނާގެ ދަރަނި ދެއްކުމުގެ ގޮތުން ފްރާންސްގެ ބަޔަކަށް ދިން އެއްޗެކެވެ. ބާލިންގެ ޒުލުން އެ ގޮރިއްލާ ގަތްއިރު، އޭގެ އުމުރުން އެންމެ ދެ އަހަރެވެ.

އެ ގޮރިއްލާ އަކީ މިހާރު ދުނިޔޭގައި އުޅޭ އެންމެ ގިނަ ދުވަސްވީ ގޮރިއްލާ ކަމަށް ގިނިސް ވޯލްޑް ރިކޯޑްސް ފޮތުގައި ހިމެނީ 2019 ވަނަ އަހަރު އެވެ. ހަމަ އެ އަހަރު ވަނީ 1956 ވަނަ އަހަރު އުފަންވި ގޮރިއްލާއެއް މަރުވެފަ އެވެ.

އާންމުކޮށް 50 އަހަރުވަންދެން ގޮރިއްލާ ދުނިޔޭގައި ތިބެ އެވެ.