Roadha Mihaaru
ވިކްޓޯރިއާގެ ފެޝަންއިން ޖަނަވާރުގެ ހަން ބޭނުމެއްނުކުރާނެ

ވިކްޓޯރިއާ ބެކަމްގެ ފެޝަން ކުންފުނި ޖަނަވާރުންގެ ހަމުން އެއްޗެހި ތައްޔާރެއް ނުކުރާނެ

14 ފެބުރުއަރީ 2019

ނުފޫޒު ގަދަ ފެޝަން ކުންފުނިތަކުން އެ މީހުންގެ އުފެއްދުންތަކުގައި ޖަނަވާރުންގެ ހަމާއި ކެހެރި ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި، އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން ޑިޒައިނަރު ވިކްޓޯރިއާ ބެކަމް ވެސް ބައިވެރިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނުފޫޒު ގަދަ ފެޝަން ކުންފުނިތަކުން އެ މީހުންގެ އުފެއްދުންތަކުގައި ޖަނަވާރުންގެ ހަމާއި ކެހެރި ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި، އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން ޑިޒައިނަރު ވިކްޓޯރިއާ ބެކަމް ވެސް ބައިވެރިވެއްޖެ އެވެ.

ކުރީގެ ބޭންޑް ސްޕައިސް ގާލްސްގެ މެމްބަރު އަދި އިނގިރޭސި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ އަންހެނުންގެ ފެޝަން ކުންފުނިން ބުނި ގޮތުގައި އޭނާގެ އެއްވެސް އުފެއްދުމެއްގައި ޖަނަވާރުންގެ ހަން ބޭނުމެއް ނުކުރާނެ އެވެ. އަދި މިއީ ޖަނާވަރުންގެ ހިމާޔަތުގައި ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުންޏެވެ.

ވިކްޓޯރިއާގެ މި ނިންމުމަށް، ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުންނާއި ޖަމާއަތްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އޭގެ ތެރޭގައި ޕީޕަލް ފޮ އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕިޓާ) ހިމެނެ އެވެ.

ވިކްޓޯރިއާ އަކީ ކުރިން ވެސް ޖަނަވާރުންގެ ހަމުން އެއްޗެހި އުފެއްދުމަށް ލޯބިކުރި މީހެއް ނޫނެވެ.

މީގެ ކުރިން ޖަނަވާރުންގެ ހަމާއި ކެހެރި ފަދަ އެއްޗެހި ބޭނުން ކުރުން ހުއްޓައިލި މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ތެރޭގައި ރާލްފް ލޯރެން، ގުޗީ، ކާލްވިން ކްލެއިން، އަރްމާނީ، ވަސާޗޭ، ޝެނެލް ވަސާޗޭ، ބާބެރީ އަދި ވިވިއެން ވެސްޓްވުޑް ހިމެނެ އެވެ.