Roadha Mihaaru
ވިކްޓޯރިއާ ބެކަމްގެ ޔޫޓިއުބް ޗެނެލެއް

ވިކްޓޯރިއާ ބެކަމްގެ ޔޫޓިއުބް ޗެނެލެއް ލޯންޗްކޮށްފި

28 ނޮވެމްބަރ 2018

ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މިހާރު މަޝްހޫރު ކުރީގެ ބޭންޑް "ސްޕައިސް ގާލްސް"ގެ ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބެކަމް ބިއުޓީ ޓިޕްސް އާއި ސްޓައިލިން ޓިއުޓޯރިއަލްއެއްގެ ގޮތުގައި ޔޫޓިއުބް ޗެނެލެއް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މިހާރު މަޝްހޫރު ކުރީގެ ބޭންޑް "ސްޕައިސް ގާލްސް"ގެ ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބެކަމް ބިއުޓީ ޓިޕްސް އާއި ސްޓައިލިން ޓިއުޓޯރިއަލްއެއްގެ ގޮތުގައި ޔޫޓިއުބް ޗެނެލެއް ލޯންޗްކޮށްފި އެވެ.

އިނގިރޭސި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ އަންހެނުން އަދި ހަތަރު ކުދިންގެ މަންމަ ބުނީ އޭނާގެ ޗެނެލް ވެގެން ދާނީ ފެޝަނަށް ލޯބި ކުރާ މީހުން ބޭނުންވާ ހުރިހާ ޒާތެއްގެ މައުލޫމާތު ފޯރުކޮށް ދޭނެ އެއްޗަކަށް ކަމަށެވެ.

ޔޫޓިއުބް ޗެނެލް ލޯންޗް ކުރިތާ ދެތިން ދުވަހުގެ ތެރޭގައި އޭގެ ސަބްސްކްރައިބުންގެ އަދަދު މިހާރު ވެސް 22،000 އަށް ވުރެ ގިނަ އެވެ.

"އަހަރެން އެންމެ އުފާވާ ކަމަކީ ޔޫޓިއުބާއި ސޯޝަލް މީޑިއާގެ އެކި ކަހަލަ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ފޭނުންނާ ގާތަށް އާދެވޭތީ،" ވިކްޓޯރިއާ، 44، ބުންޏެވެ.

ވިކްޓޯރިއާ ބެކަމްގެ ޓްވީޓެއް.

އޭނާ ބުނި ގޮތުގައި ރީތިކޮށް ހެދުން އެޅުމާއި މޭކަޕް ކުރުން ފަދަ ކަންކަމާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވާ ކަމެއް އޮތް މީހެއް ނަމަ ޔޫޓިއުބް ޗެނެލްވެގެން ދާނީ ވަރަށް ހާއްސަ އެހީއަކަށެވެ.

މީގެ އިތުރުން އެއިން ވިކްޓޯރިއާގެ އަމިއްލަ ސްޓައިލިންއާ ބެހޭ ވަރަށް ގިނަ ކަންކަން ވެސް އެނގިގެން ދާނެ އެވެ.

"ޔޫޓިއުބް ޗެނެލެއް ލޯންޗް މި ކުރީ އެކަމަށް ބޭނުންވެފައި ހުންނަތާ ދުވަސްތަކެއް ފަހުން. އަހަރެން ވަރަށް އުންމީދު ކުރަން އަދި ގަބޫލު ވެސް ކުރަން ބޭނުން ވަނީ މިއީ ގިނަ ބަޔަކަށް ދެވޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް."